ހުޅުމާލޭގައި ތަރައްޤީކުރަމުންދާ “ދަ ގާޑަންސް” ޕްރޮޖެކްޓާ ގުޅޭގޮތުން ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް އެންމެ ފަހުގެ ޤާނޫނީ ނޯޓިސްދީފިއެވެ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހާމަކުރިގޮތުގައި މި ނޯޓިސް ދީފައިވަނީ މިއަދުއެވެ.
އެޗްޑީސީން އިތުރަށް ހާމަކުރިގޮތުގައި 2017 ވަނަ އަހަރު ފެށި މި ޕްރޮޖެކްޓް ނިންމުމަށް އެކި ފަހަރު މަތިން މުއްދަތު އިތުރުކޮށްދެވިފައިވީ ނަމަވެސް، މިހާތަނަށް ޕްރޮޖެކްޓް ނިމިފައިނޓް ނިމިފައިނުވާތީ، އެޗްޑީސީގެ ބޯޑުން ވަނީ މި ފިޔަވަޅު އަޅަން ނިންމާފައެވެ. އަދި ނޯޓިސްގައި ބަޔާންކޮށްފައިވާ 45 ދުވަހުގެ ތެރޭގައި ޕްރޮޖެކްޓްގެ ނުނިމިހުރި މަސައްކަތްތައް ނުނިމިއްޖެނަމަ، އެއްބަސްވުން ބާޠިލުކޮށް ޕްރޮޖެކްޓް ޖާހު އިންވެސްޓްމަންޓްގެ އަތުން ނެގުމަށްވެސް އެޗްޑީސީގެ ބޯޑުން ވަނީ ނިންމާފައެވެ.
އެޗްޑީސީން މި ފިޔަވަޅު އަޅާފައިވަނީ ޕްރޮޖެކްޓުގެ އެޕާޓްމަންޓްތަކަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް ވީހާވެސް އަވަހަކަށް އެޕާޓްމަންޓްތައް ޙަވާލުކުރެވޭނެ މަގު ފަހިކުރުމުގެ ބޭނުމުގައި ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.