ޗައިނާގެ އައު އަހަރުގެ މުނާސަބަތާ ގުޅިގެން ޗައިނާގެ ރައީސް ޝީ ޖިންޕިންއަށާއި، އެ ގައުމުގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އާ އަހަރާއިއެކުގައި ކުރިއެރުމައި ދުޅަހެޔޮ ސިއްހަތާއި އުފާވެރިކަން ޗައިނާގެ ރައްޔިތުންނަށް ލިބުމަށް އެދިލައްވާ ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން ޗައިނާއާއި ދިވެހިރާއްޖެއާ ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ގާތް ރަޙުމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ރައީސް ވިދާޅުވީ ޗައިނާއާއެކު އޮތް ގާތް އަދި ދެމެހެއްޓެނިވި ރަހުމަތްތެރިކަން ދިވެހިރާއްޖެއިން އަބަދުވެސް ބަލައިގަންނަ ކަމަށެވެ.