ހއ. މާރަންދޫ އާއި ތަކަންދޫ ކައުންސިލްގެ އާ އިމާރާތުގެ ބިންގާ އަޅައިފިއެވެ.
މި ރަށްރަށުގެ ކައުންސިލްގެ އާ އިމާރާތުގެ ބިންގާ އެޅީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ރާއްޖޭގެ އެންމެ އުތުރުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
އެ ރަށްތަކުގެ ކައުންސިލްގެ ބިންގާ އަޅުއްވާ ދެއްވީ ކައުންސިލް ރައީސް އާއި ސިޓީތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރެވެ.
ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން އާމާރާތްކުރާ 55 ކައުންސިލްގެ ތެރޭގައި ހިމެނޭ ހުރިހާ ރަށެއްގެ ކައުންސިލް އިދާރާތަކުގެ އައު އިމާރާތްތަކުގެ މަސައްކަތް ކުރަނީ، މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ “ހެކްސްޓާ ގްލޯބަލް” އިންނެވެ.
ރައީސް ހއ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ މުރައިދޫ އާއި ފިލއްދޫ އަދި އުތީމު ވަޑައިގެން ވަނީ، އެރަށްރަށު ކައުންސިލްތަކުގެ އައު އިމާރާތުގެ ބިންގާވެސް އަޅުއްވާފައެވެ.