މަރުވެފައިވާ ބޮޑު މަހެއް ވ އަތޮޅު އެތެރެވަރީގައި އޮޔާދާތީ ކަމާބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް އެކަން ގެނެސްފިއެވެ. ވ އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު ވިދާޅުވީ މަރުވެފައިވާ ބޮޑުމަހެއް ވ އަތޮޅު މަދަންގިރި އޭ ކިޔާ ފަޅުގެ ކައިރިން ފެނިގެން ވ އަތޮޅު ޕޮލިހުން ވަނީ ރިޕޯޓްކޮށްފައި ކަމަށެވެ.
އަދި މިހާރު އޮޔާއި ވަޔާއި ހުރި ގޮތުން މިމަސް ލައްވާނެ ކަމަށް ބެލެވެނީ ވ ތިނަދޫ ނުވަތަ ވ މަޑުއްވަރީ ފަޅަށް ކަމަށްވެސް ޝުޖާއު ބުނެފައިވެއެވެ. އޮޔާ ދަނިކޮށް ފެނިފައި ވަނީ ގާތްގަނޑަކަށް 25 ފޫޓުގެ ދިގުމިނެއްގެ “ހަމްޕްބެކް ވޭލް” އެއް ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވި އިރު މިބާވަތުގެ މަސް އާއްމުކޮށް ވ.އަތޮޅުގެ އެތެރެވަރިން ފެނެއެވެ
މިމަހަށް ހަދާނެ ގޮތެއް އަދި ނުނިންމާ ކަމަށާއި ފިޝަރީޒް މޮނިސްޓްރީގެ ޖަވާބެއް ލިބެންދެން މަޑުކޮށްގެން ތިބީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މަރުވެފައިވާ މަސް ދޭތެރެ ދޭތެރެއިން ރާއްޖޭގެ އެކި ހިސާބުތަކުން ފެނެއެވެ.