ކ ހުރާގައި ގަވައިދާ ހިލާފަށް އުޅެމެންދިޔަ 46 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭަޝަނުން ބުނީ ރަށްރަށުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް، ބުރާސްފަތި ދުވަހު ހެނދުނު 6:00 އިން ހަވީރު 5:00 އަށް ޓާސްކުފޯހުން ކ. ހުރާގައި ހާއްސަ ރެއިޑު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
އަދި މި އޮޕަރޭޝަންގައި، ހުރާގައި ގަވާއިދާ ހިލާފަށް އުޅެމުންދިއަ 46 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށެވެ.
ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތުން މިހާރުވެސް 5000 އަށްވުރެ ގިނަ ބިދޭސީން ފޮނުވާލައިފާވެއެވެ.
