މާލޭ ސަރަހައްދުގައި މަސައްކަތްކުރާ ބިދޭސީންނަށް ވަޒީފާ ދޭ ފަރާތްތަކުން، އެ މީހުންގެ މައުލޫމާތު އަންނަ މަހުގެ 15ގެ ކުރިން ހޯމް މިނިިސްޓްރީއާ ހިއްސާކުރުމަށް އެ މިނިސްޓްރީން މިއަދު އަންގައިފިއެވެ.
އެ ވުޒާރާއިން ކުރި އިއުލާނެއްގައި ވިދާޅުވީ، މާރޗްގެ 15 ވަނަ ދުވަހުގެ ކުރިން މާލެ ސަރަހައްދު (މާލެ، ހުޅުމާލެ ފޭސް 1 އަދި ފޭސް 2، ވިލިމާލެ، ތިލަފުށި. ގުޅީފަޅު) ގައި ވަޒީފާ އަދާކުރާ ބިދޭސީން ބައޯމެޓްރިކްސް އެ ވުޒާރާގައި އަދާހަމަ ކުރަން ޖެހޭނެ ކަމަށާއި މި މުއްދަތުގައި އަދާހަމަ ނުކުރާ ފަރާތްތައް އެކްސްޕެޓް ސިސްޓަމުން ސަސްޕެންޑުކޮށް ހިދުމަތް މެދުކަނޑާލެވޭނެ ކަމަށެވެ.
މާލެ ސަރަހައްދުގައި ހިމެނެނީ މާލެއާއި ހުޅުމާލޭގެ ދެ ފިޔަވައްސާއި ވިލިމާލެއާއި ތިލަފުށްޓާއި ގުޅީފަޅެވެ.
ގްރޭޓާ މާލެ ސަރަހައްދުގައި ބިދޭސީންގެ ފިންގާޕްރިންޓާއި ފޮޓޯ ނެގުމާއި، އޮޕަރޭޝަން ކުރަނގި ގެ ދަށުން ސަރުކާރުން ތަންފީޒުކުރުމަށް އެކަށައަޅާފައިވާ ހުރިހާ ކަންކަން ވިލަރެސްކޮށް ކޯޑިނޭޓު ކުރަމުން ދާނީ އެންސީއައިޓީގައި އެ އޮޕަރޭޝަނަށް ހާއްސަކޮށް ޤާއިމުކޮށްފައިވާ ޖޮއިންޓު އޮޕަރޭޝަން ސެންޓަރުންނެވެ.
މި ސެންޓަރުގެ ޚިދުމަތް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެދުނު 9:00 އިން ރޭގަނޑު 22:00 އަށް ލިބެން ހުންނާނެއެވެ.
އޮޕަރޭޝަން ކުރަނގިއާ ގުޅޭ އިތުރު މައުލޫމާތު 7690228އަށް ގުޅުމުން ނުވަތަ [email protected] އަށް މެއިލް ކުރުމުން ލިބޭނެ ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.