މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ސީއީއޯގެ މަގާމުން މުހައްމަދު ވަޖީޙު އިބްރާހީމް ވަކިކޮށްފިއެވެ.
އޭނާ މަޤާމުން ވަކިކޮށްފައިވާކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، ޕީސީބީން ވަނީ ހާމަކުރައްވާފައެވެ. ޕީސީބީން ވިދާޅުވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުކަމުންނާއި ކުންފުނީގެ ބޯޑުން ވަޖީހު ވަކިކޮށްފައިވާކަމަށެވެ.
ވަޖީހު މަޤާމަށް އައްޔަންކޮށްފައިވަނީ 2023 ވަނަ އަހަރު ނޮވެމްބަރު މަހުގެ ތެރޭގައެވެ.
ވަޖީހުވަނީ 2013ވަނަ އަހަރުން ފެށިގެން 2022 ގެ ނިއަލަށް އެމްޕީއެލްގެ އިސްމަގާމުތަކެއް ފުރުއްވާފައެވެ.