އެއަރޕޯޓް ސީޕްލޭން ޓަރމިނަލް ކައުންޓަރ ކައިރީހުރި ފޮށިގަނޑެއް ވަގަށް ނަގާފައިވާ މައްސަލައެއްގައި މީހަކު ހޯދަން ފަށައިފއެވެ.
ފުލުހުން އާއްމުކުރި ވީޑިއޯ އިން ފެންނަ މީހާއަކީ އެއަރޕޯޓް ޕޮލިސް އިންވެސްޓިގޭޝަނުން ތަހުގީގުކުރަމުންދާ، 2024 ނޮވެންބަރު 23 ވަނަ ދުވަހުގެ ވަގުތެއްގައި ވޭލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ސީޕްލޭން ޓަރމިނަލް ކައުންޓަރު ކައިރީގައިހުރި ފޮށިގަނޑެއް ވަގަށް ނަގާފައިވާ މައްސަލައާ ގުޅިގެން ހޯދަންބޭނުންވެ، އެމީހާއަކީ ކާކުކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ މީހެކެވެ.
https://www.youtube.com/watch?v=jk15pMfy5Mc
ވީމާ، ވީޑިއޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެމަޢުލޫމާތެއް ވިލިމާލެ ޕޮލިސްގެ ނަންބަރު 9400056އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.
