މާލޭގެ މާފަންނު، ފަޅުގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އެމްއެންޑީއެފުން “އެކްސް” ގައި ކުރި ޕޯސްޓެއްގައި ބުނީ އަލިފާން ރޯވީ މ. ހައުސްޕްލާޒާގައި ކަމަށެވެ.
އެ ހާދިސާގެ މަޢުލޫމާތު މިއަދު ހެނދުނު 06:35 ހާއިރު ލިބުމާ އެކު އެމްއެންޑީއެފްގެ ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސް ކުރި މަސައްކަތުން ރޯވެފައިހުރި އަލިފާންގަނޑު 07:47 ގައި ނިއްވާލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ.
ފަޅުގެއެއްގެ ގޮތުގައި ހުންނަތާ ގިނަދުވަސް ތަކެެއްވެފައިވާ އެ ގޭގައި އަލިފާން ރޯވީ ގޭގައި ހުރި ކުނިތަކެއްގައިކަމަށް ވެސް އެމްއެންޑީއެފުން ބުނެފައި ވެއެވެ.
މި ހާދިސާގައި މީހަކަށް ގެއްލުމެެއް ލިބިފައެއް ނުވެއެވެ.