ރޭ ހުޅުމާލޭގައި މީހަކަށް ކޯރާޑީން ހަމަލާދީ ޒަޙަމްކޮށްލައިފިއެވެ.
ފުލުހުން ހާމަކުރިގޮތުގައި މިކަން ހިނގާފައިވަނީ ރޭ 23:35 ހާއިރު ހުޅުމާލޭ ބޯގަންވިލާ މަގުގައި ހުންނަ ރެހެންދި ޓަރފް ދަނޑު ކައިރީގައި މީހަކު މަޑުކޮށްގެން އިންދައި ސައިކަލެއްގައި އައި ދެ މީހުން ކޯރާޑީއަކުން ހަމަލާދީގެންނެވެ.
އަދި އަނިޔާ ލިބުނު ފަރާތަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައިވާކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން ތުހުމަތުކުރެވޭ ދެ މީހަކު ފިލަން އުޅެނިކޮށް ހައިވޭއިން މާލެއަށް ދަނިކޮށް ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. މިގޮތުން ހައްޔަރުކޮށްފައިވަނީ ގދ. ފިޔޯރީ / ހީނާމާގެ، ރުސްތަމް އިބްރާހީމް (25 އަހަރު) އަދި ބ. ގޮއިދޫ، ސައިފްﷲ ފައިޞަލް (19 އަހަރު) އެވެ.
ފުލުހުން ވަނީ މި މައްސަލަ ތަހުގީގު ކުރަމުންދާކަމަށް ބުނެފައެވެ.



