ހުޅުމާލެ ފޭސް 2 ގައި ހުންނަ ސްޓެލްކޯގެ ފްލެޓެއްގެ މަތިން މީހަކު ވެއްޓި މަރުވެއްޖެ އެވެ.
ފުލުހުން ބުނީ، ފްލެޓުން ވެއްޓި މަރުވެފައި ވަނީ އިބްރާހިމް ޝަރަފް، ހ. ގިނިރާހި އާގެ ،31، ކަމަށެވެ. އެމީހާ ވެއްޓިފައިވަނީ އެ ފްލެޓުގެ ނުވަ ވަނަ ފަންގިފިލާއިން ކަމަށް ފުލުހުން ބުނެ އެވެ.
އެ ޒުވާނާ ވެއްޓުނީ ސްޓެލްކޯ ފްލެޓް އިމާރާތުގެ ނުވަ ވަނަ ބުރީގައި ހުރި އެޕާޓްމަންޓެއްގެ ބެލްކަނީންނެވެ.
މި ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
އަދިވެސް ފުލެޓު ތަކުގެ ކުޑަ ދޮރު ތަކުގަ ދަގަޑު ތޭރި ޖަހާކަން ނުވޭބަ