ކުރިއަށް އޮތް ރަމަޟާންމަހާއި ޝައްވާލްމަހުގެ ފުރަތަމަ ހަފްތާގައި މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް ކަނޑައަޅައި އާންމުކޮށްފިއެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްއިން މިއަދު އާންމުކުރި އިޢުލާނުގައިވާ ގޮތުން، 15 ފެބްރުއަރީ 2025 އިން ފެށިގެން ރަމަޟާންމަހުގެ ރޭތަކާއި ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހު، މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ފަތިހު 5:30 އިން މެންދަމު 1:00 އަށެވެ. މިއީ ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ޢަމަލުކުރަންޖެހޭނެ ގޮތް ކަމަށް މިނިސްޓްރީން ބަޔާންކޮށްފައިވެއެވެ.
މި އަހަރުގެ ރޯދަ މަސް ފެށެނީ ކަލަންޑަރުގައިވާ ގޮތުން މާޗު 1 ގަ އެވެ.