- Advertisement -ad image

ޖޫން އިން ފެށިގެން ކުނި ހުންނަންވާނީ ބައިތަކަށް ވަކިކޮށްފައި: ވެމްކޯ

ad image

ގުޅުންހުރި ލިޔުންތައް

އަންނަ ޖޫންމަހުން ފެށިގެން ކުނި ހުންނަންވާނީ ބައިތަކަށް ވަކި ކުރެވިފައި ކަމަށާއި ކުނި ބަލައިގަންނާނީ އޭރުން ކަމަށް ވޭސްޓްމެނޭޖްމަންޓް ކޯޕަރޭޝަނުން ބުނެފިއެވެ.

ވެމްކޯއިން ބުނީ ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން އުކާލުމަށް ތައްޔާރުކުރާ ކުނި ހުންނަންވާނީ މާލެ ސަރަހައްދުގައި ކުނިވާޒާތުގެ ކުންޏާއި، އަމިއްލައަށް ފަނާވާޒާތުގެ ކުނި އަދި ޕުލާސްޓިކް ފުޅި މިބާވަތްތައް ބަންދުކުރުމުގާ އެއްކުނީގެ ބާވަތް އަނެއް ކުންޏާއި އެއްނުވާނެހެން ވަކިކޮތަޅުގައި ބަންދުކޮށްފައި ކަމަށެވެ.

އެ ނޫސްބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖެއަށް ދިމާވެފައިވާ ތިމާވެށީގެ އެންމެ ބޮޑު އެއް މައްސަލައަކީ ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރުމަށް ދިމާވެފައިވާ ގޮންޖެހުންތަކެވެ. މި މައްސަލައަށް އެދެވިގެންވާ ހައްލެއް ގެނައުމަށްޓަކައި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީއިން 2021، 17 އޯގަސްޓްގައި ގެޒެޓްކޮށްފައިވާ ދިވެހިރާއްޖޭގެ ކުނި މެނޭޖްކުރުމާބެހޭ ގަވާއިދުގެ ފަސްވަނަ އިސްލާހުގައިވާ ގޮތުން އުކާލުމަށް ނެރޭ ކުނި ކަނޑައެޅިފައިވާ ބައިބަޔަށް ވަކިކުރުމަށް ނިންމާފައިވާއިރު ދިވެހިރާއްޖޭގައި ކުނި މެނޭޖްކުރުމުގެ ހިދުމަތް ފޯރުކޮށްދޭ ކުންފުންޏެއްގެ ހައިސިއްޔަތުން، އެ ގަވާއިދުގައިވާ ކަންކަމުގެ ސަބަބުން، ކުނި މެނޭޖްކުރުމަށް ހުރި ގޮންޖެހުންތަކަށް ހެޔޮ ބަދަލެއް އަންނާނެކަމަށް އެ ކޯޕަރޭޝަނުން ގަބޫލުކުރާކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ