ކުރިއަށް އޮތް ރޯދަ މަހަށް ރައްޔިތުންގެ މަޖިލީސް ބަންދުކޮށް، މަޖިލީހުގެ ދައުރު ކުރުކޮށްލަން އެ މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
މިއީ ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ މެންބަރު މާފަންނު ދެކުނު ދާއިރާގެ މެންބަރު ރިފާއު (ބޮޗޭ) މަޖިލީހުގެ ގަވާއިދަށް ހުށަހެޅުއްވި މި އިސްލާހުތަކެކެވެ.
ރިފާއު އިސްލާހު ހުށަހެޅީ މަޖިލީހުގެ ދައުރު ބެހިފައިވާ ގޮތް ބަޔާންކުރާ ގަވާއިދުގެ 24 ވަނަ މާއްދާއަށެވެ.
އެ މާއްދާގައި މިހާރު އޮންނަނީ މަޖިލީހުގެ ފުރަތަމަ ދައުރު ހިނގާނީ، ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މެއި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. ދެވަނަ ދައުރު ހިނގާނީ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޯގަސްޓް މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ތިންވަނަ ދައުރު ހިނގާނީ އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. އެއަށްފަހު އެ އަހަރުގެ މަސައްކަތް ނިންމައި ޗުއްޓީއަށް ދިއުމަށެވެ.
އިސްލާހުގައި ވާގޮތުން މަޖިލީހުގެ ފުރަތަމަ ދައުރު ކުރިއަށް ދާނީ ޖެނުއަރީ 1 އިން އެ މަހުގެ ނިޔަލަށެވެ. އަދި ދެވަނަ ދައުރު އޭޕްރިލް 1 އެއްވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ކުރިއަށްދާ އިރު ތިންވަނަ ދައުރު ކުރިއަށް ދާނީ ސެޕްޓެމްބަރު 1 އިން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށްކަމަށް ބުނެފައިވެ އެވެ.
ރިފާއު ފާހަގަކުރައްވާފައިވާ ގޮތުގައި ފުރަތަމަ ދައުރު ޖެނުއަރީގެ ނިޔަލަށް ހިނގާނެ ކަމަށް ބަޔާންކޮށްފައި އޮތަސް މި އަހަރުގެ މިހާރު ހިނގަމުންދާ ފުރަތަމަ ދައުރު ހިނގާނީ ފެބްރުއަރީ މަހުގެ ނިޔަލަށް ކަމަށެވެ.
މެންބަރު ރިފާއު ހުށަހެޅުއްވި ގޮތަށް އިތުރު ބަދަލެއް ނުގެނެސް އިސްލާހުތައް ވަނީ 6 މެންބަރުންނެވެ. ދެކޮޅު ވޯޓު ދެއްވީ އެންމެ މެންބަރެކެވެ.