“ރޯދަ ސާފު”ގެ ނަމުގައި މާލެ ސާފުކުރުމުގެ ޚާއްޞަ ޙަރަކާތެއް ބާއްވަން ނިންމައިފިއެވެ. ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވުޒާރާއާއި، ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާގުޅިގެން ބާއްވާ މި ޙަރަކާތް އޮންނާނީ މި މަހުގެ 15 ވާ ހޮނިހިރު ދުވަހެވެ.
ރޯދައަށް މާލެ ސާފުކުރުމުގެ މަޤްޞަދުގައި ބާއްވާ މި ޙަރަކާތުގައި، އޮގަނައިޒުކުރާ ދެ ވުޒާރާގެ އިތުރުން ވެސް ގިނަ މުއައްސަސާތަކުން މުވައްޒަފުން މިހަރަކާތުގައި ބައިވެރިވާނެ ކަމަށް އެވުޒާރާއިން ހާމަކުރެއެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
މިނިސްޓްރީ އޮފް ޑިފެންސް
މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ
މިނިސްޓްރީ އޮފް ހެލްތު
އެމްޓީސީސީ
އާސަންދަ ކޮމްޕެނީ ލިމިޓެޑް
ސްޓެލްކޯ
އެމްޑަބްލިޔޫއެސްސީ
ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް
ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް
މޯލްޑިވްސް ގޭސް
ދަރުމަވަންތަ ހޮސްޕިޓަލް/އައިޖީއެމްއެޗް
ވަޒީފާއާ ބެހޭ ޓްރެބިއުނަލް
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަންގެ އޮފީސް
މީރާ
ޓެކްސް އެޕީލް ޓްރަބިއުނަލް
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ވެމްކޯ
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
“ރޯދަ ސާފު”ގެ ނަމުގައި ކުރިއަށް ގެންދާ ސާފުކުރުމުގެ މި ޙަރަކާތް ފެށުމަށް ހަމަޖެހިފައި ވަނީ ހޮނިހިރު ދުވަހު ހެނދުނު 6.15 ގައެވެ. މި ޙަރަކާތުގައި މާލެތެރެއާއި، މާލޭގެ މުހިންމު ސަރަޙައްދުތަކެއް ސާފުކުރެވޭނެއެވެ. އެ ގޮތުން އިންޑަސްޓްރިއަލް ޒޯނާއި، އުސްފަސްގަނޑު ސަރަޙައްދާއި، ލޮނުޒިޔާރަތް ޕާކު ސަރަޙައްދާއި، ހެދިގޮނޑުދޮށު ސަރަޙައްދާއި، އަލިމަސް ކާނިވާ ސަރަޙައްދާއި، މަސްވެރިންގެ ޕާކު ސަރަޙައްދާއި، އެމްޕީއެލް ސަރަޙައްދާއި، އަދި ރަސްފަންނު ސަރަޙައްދު ސާފުކުރާނެއެވެ.