ފަޅުރަށެއް ކަމަށްވާ ބ. މާރިކިލުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ނުވަ މީހުން ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ ބުނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ނާކޮޓިސް އިންޓެލިޖެންސް ގުޅިގެން މިދިޔަ ހޮނިހިރު ދުވަހު ހިންގި އޮޕަރޭޝަނުގައި މާރިކިލު ނަމަކަށް ކިޔާ ފަޅު ރަށެއް ފާސްކުރިއިިރު 162 ބަނގުރާ ދަޅާއި ބަނގުރާ ފަސް ފުޅި އަދި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 12.8 ގްރާމް ހުރި އެއްޗެއް ފެނުނު ކަމަށެވެ.
މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ މީހުންނަކީ:
މ. ޖަވާހިރުވާދީ، މާލެ، އަލްޙާން ރަޝީދު ޙުސައިން، 49
ފުވައްމުލައް، ދިގުވާނޑު، ހޮލެންޑް، މަރްޔަމް ރިފާޢު 25
ރ. އިނގުރައިދޫ، ވަފާ، ޢަބްދުލް މުޙްސިން ޙަސަން، 65
އިންޑިއާގެ ކުމަރެސަން ޗިންނައިއަ 20
އިންޑިއާގެ ދިނޭޝް ސައްމިޔައްޕަން 20،
ސްރީ ލަންކާގެ އެލަވެންޑަން ސިވަގުނަނަ ސަންޑަރަމް، 39
ސްރީ ލަންކާގެ ކަނަގަރާޖު ޕޮންނައްޔަ ސުޕައްޔަ، 46
ބަންގްލަދޭޝްގެ މުޙައްމަދު މައްސޫދު، 46
ސްރީ ލަންކާގެ ސަބެޝަން ނަހާރަޖަ، ސްރީލަންކާ، 31
މި އެންމެން ވެސް ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރުގެ ދަށުންނެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ނުވަ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރުތުތަކާއެކު މުހުސިން ވަނީ ދޫކޮށްލައިފަ އެވެ. ބާކީ ތިބި އަށް މީހުންގެ ބަންދަށް 15 ދުވަސް އިތުރުކޮށްފައިވެ އެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.