- Advertisement -ad image

އަނެއްކާވެސް މުހައްމަދު އިސްމާއިލް ހައްޔަރުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

އިދިކޮޅު ޕީޕީއެމްގެ އިންޑިއާއައުޓު ކެމްޕެއިންގެ ހަރަތާތު މެނޭޖަރު ކުރީ ހޯރަފުށީ ދާއިރާ މެންބަރު މުހައްމަދު އިސްމާއިލް އަނެއްކާވެސް ހައްޔަރުކޮށްފިއެވެ. ޕީޕީއެމްގެ ތަތުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ކޯޓު އަމުރެއްގެ ދަށުން ފުލުހުން މުހައްމަދު އިސްމާއިލް ހައްޔަރު ކުރީ ރޭ ދަންވަރު ބާރަ ޖަހަނިކޮށް ކަމަށެވެ.

ކޯޓު އަމުރެއްގެ ދަށުން މުހައްމަދު އިސްމާއީލް ވަނީ މިމަހުގެ 18 ވަނަ ދުވަހުވެސް ހައްޔަރުކޮށްފައެވެ. ނަމަވެސް މިމަހުގެ 19 ވަނަ ދުވަހު އޭނާ ދޫކޮށްލާފައިވަނީ ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ހާޒިރު ކުރުމުންނެވެ

އޭގެ އެއް ދުވަސް ފަހުން ރޭ އަނެއްކާވެސް މުހައްމަދު އިސްމާއިލް ހައްޔަރު ކޮށްގެން ގެންދިޔައިރު އިންޑިއާ އައުޓު ކެމްޕެއިންގައި އިސްކޮށް އުޅޭ ޕީޕީއެމްގެ އެކްޓިވިސްޓް ތަކަނޭ ހައްޔަރުކޮށް ވަނީ ބަންދަށް ފަސް ދުވަސް ޖަހާފައެވެ.

މީގެ ކުރިން ފުލުހުންގެ އިދާރާއިން ބުނެފައިވަނީ މި ދެމީހުން ހައްޔަރު ކުރީ އާއްމުކޮށް ފެންނާނޭހެން އިންޑިއާއާއި ދެކޮޅުކަން ހާމަވާފަދަ ގޮތަކަށް، އިންޑިއާގެ ޤައުމީ ދިދައިގެ ކުލަތަކާއި ނިޝާން ބޭނުންކޮށްގެންނާއި، އިންޑިއާ އައުޓް އަދި އިންޑިއާ އައުޓް ރަމްޒު ވާނޭހެން ލިޔެގެން ބެނާތަކާއި ކުރެހުންތައް އަދި ލިޔުންތައް ތައްޔާރުކޮށް އެތަކެތި މާލެއާއި ރާއްޖޭހެ އެކި ސަރަޙައްދުތަކަށް ފޯރުކޮށްދީ އެހަރަކާތް ރާވާ ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ