މާލޭ ސަރަހައްދުގައި މާދަމަ މަސްދަޅު ކޭސް ބަހަން ފަށާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.
އެ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، މަސްދަޅު ކޭސް މާލޭ ސަރަހައްދުގައި ބަހާނީ އަންނަ ހަފުތާގެ ހުކުރު ދުވަހު ދުވަހާ ހަމައަށް ކަމަށެވެ.
މިގޮތުން ހުކުރުދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ މެންދުރުފަހު 14:30 ން 18:00 އަށް އަދި ރޭގަނޑު 20:30 ން 23:00 އަށް އެކި ސަރަހައްދުތަކުން މަސްދަޅު ކޭސް ދޫކުރާނެ ކަމަށް ކައުންސިލުން ބުނެ އެވެ. އެ ސަރަހައްދުތަކަކީ:
1- މާލޭ ސިޓީ ކައުންސިލް (ތައިސޭކޮށި، އާންމު ޚިދުމަތްތަކާބެހޭ ބައި)
2- މާފަންނު މިފްކޯ (ގޯތިތެރެ)
3- ހުޅުމާލެ ފޭސް 1 (އުމަރުޒާހިރު ބިލްޑިންގ)
4- ހުޅުމާލެ ފޭސް 2 (ހިޔާ ޓަވަރ 10 ގްރައުންޑް ފްލޯ)
5- ވިލިމާލެ (ސިޓީ ކައުންސިލް އޮފީސް)
މާލޭ ސަރަހައްދުގައި މަސްދަޅުކޭސް ދޫކުރުމުގެ މަސައްކަތް ކުރިއަށްދާނީ މާލެ ސިޓީ ކައުންސިލްގެ އާންމު ޚިދުމަތްތަކާ ބެހޭ ބަޔާއި މިފްކޯ އޮފީސް ކޮމްޕައުންޑުގައެވެ. އަދި ހުޅުމާލެ ފޭސް އެކަކުން އުމަރު ޒާހިރު ބިލްޑިންގައާއި، ހުޅުމާލެ ފޭސް ދެއަކުން، ހިޔާ ފްލެޓް ޓަވަރު 10ގެ ޔޫތު ސެންޓަރުގައި ވެސް މަސްދަޅުކޭސް ބަހާނެއެވެ. ވިލިމާލޭގައި މަސްދަޅުކޭސް ބަހާނީ، ވިލިމާލޭ ކައުންސިލް އޮފީހުންނެވެ.
ކޮންމެ ފަރާތަކުން ވެސް މަސްދަޅު ކޭސް ބަލާ އަންނައިރު ގޭބިސީގެ ކަރަންޓް ބިލްގެ އެންމެ ފަހު ތިން މަހުގެ ބިލްގެ ތެރެއިން ކަރަންޓް މީޓަރު އެނގޭނެ ފަދަ ލިޔުމަކާއި އަދި ބަލާ އަންނަ މީހެއްގެ އައިޑީ ކާޑް ގެނައުމަށް ވަނީ އެދިފަ އެވެ.