މަކަރާއި ހީލަތުގެ މައްސަލައިގެ ތަހްގީގަށް ދިވެހި ފިރިހެނަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން ބުނީ އައްޑޫ ހިތަދޫ ހަޒާރުމާގޭ އުބާދަތު ހުސެއިން، 29، ހޯދަން އިއުލާންކުރީ ޑްރަގް ޓްރެފިކިން އިންވެސްޓިގޭޝަންސް ތަހުގީގު ކުރަމުން އަންނަ މަކަރާއި ހީލަތުގެ މައްސަލައިގެ ތަހްގީގަށް މީހަކު ހާޒިރު ކުރުމަށް ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދު ކުރެވިފައި ނުވާތީ ކަމަށެވެ.
އެހެންކަމުން ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން އޭނާ ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށް ފުލުހުން ބުނެފައި ވެެއެވެ.
ފުލުހުން އޭނާ ހޯދަނީ މައްސަލައިގެ ތަހުގީގަށް ތުހުމަތުގައި ސުވާލުކުރުމަށެވެ.
އަދި މި މަހުގެ 27 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 އަށް ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން އަށް އުބާދަތު ހާޒިރުވާން އަންގާފައިވެ އެވެ.



