މިއަހަރުގެ ރަމަޟާން މަހާ ގުޅިގެން، ފުދުންތެރިކަން ކުޑަ 300 ޢާއިލާއަކަށް ކަދުރު ފޯރުކޮށްދިނުމަށްޓަކައި އިސްލާމިކް މިނިސްޓްރީން މަމްސް އެއިޑާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި މި ކަދުރަކީ ރާއްޖެއިން ބޭރުގެ ހެޔޮއެދޭ ފަރާތަކުން މިނިސްޓްރީއަށް ހަދިޔާކޮށްފައިވާ ކަދުރެވެ.
ސައުދީ އަރަބިއްޔާ އާއި ދިވެހި ސަރުކާރާ ދެމެދު ވެވިފައިވާ އެއްބަސްވުމެއްގެ ދަށުން، ކޮންމެ އަހަރެއްގެ ރަމަޟާން މަހާ ދިމާކޮށް ސައުދީ ސަރުކާރުން ރާއްޖެއަށް ކަދުރު ހަދިޔާކުރެއެވެ. މިގޮތުން ލިބޭ ކަދުރު، އެކި ފަރާތްތަކާ ގުޅިގެން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ބެހުމަކީ މިނިސްޓްރީން ކޮންމެ އަހަރަކުވެސް ކުރަމުން އަންނަ ކަމެކެވެ.
އިސްލާމިކް މިނިސްޓްރީން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި، މިއަހަރު ކަދުރު ބެހުމުގައި މިސްކިތްތަކުގައި ރޯދަވީއްލުމުގެ ޕްރޮގްރާމްތައް ހިންގަން ބޭނުންވާ ޖަމްޢިއްޔާތަކަށްވެސް ކަދުރު ދޫކުރެވޭނެއެވެ.
ކޮންމެއަރަކު ސައުދީން ހަދިޔާކުރާކަދުރު ކޮންމެއަހަރަކު އެއްބަޔަކައް ލިބޭގޮތައް އޮތުމަކީ ރަނގަޅުގޮތެއްނޫން އަންނައަހަރު ކަދުރުބާހާއިރު 1446ހ ވަނައަހަރު ލިބުނުމީހުނައް 1447ހ ވަނައަހަރު ނުދީ އާބަޔަކައް ދޭގޮތައް ނޫނީ ހުރިހާ މިސްކިއްތަކައް ރޯދަވީއްލަން ދިނުމަކީ އަޅުގަނޑައް ފެންނަގޮތް؟؟
ތިމިންގަޑުވެސް އެބަ ހާމަކުރަންޖެހެ