ރަމަޟާން މަހުގެ ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ރައްޔިތުންނަށް ދޫކުރަމުންދާ މަސްދަޅު ކޭސް ދޫކުރުން މިއަދުން ފެށިގެން ރޭގަނޑުގެ ވަގުތުތަކަށް ބަދަލުކޮށްފިއެވެ. މި ބަދަލު ގެނެސްފައިވަނީ މިދުވަސްވަރު ހޫނުގަދަވުމާ ގުޅިގެން ރައްޔިތުންނަށް ލުއިފަސޭހަ ކުރުމުގެ ގޮތުންނެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާބެހޭ ވުޒާރާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުން، މަސްދަޅު ކޭސް ދޫކުރާނީ ރޭގަނޑު 8:00 އިން ރޭގަނޑު 12:00 އަށެވެ. އަދި ކިޔުގައި ގިނަ ވަގުތު ހޭދަކުރަން ނުޖެހޭނެހެން އޮންލައިން ނިޒާމެއްގެ ތެރެއިން ޓޯކަން ނެގޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ވުޒާރާއިން މަޢުލޫމާތު ދީފައިވެއެވެ.
<blockquote class=”twitter-tweet”><p lang=”zxx” dir=”ltr”><a href=”https://t.co/BJAyLxaovW”>pic.twitter.com/BJAyLxaovW</a></p>— Ministry of Cities, Local Government, Public Works (@MoCLPmv) <a href=”https://twitter.com/MoCLPmv/status/1893118170560356639?ref_src=twsrc%5Etfw”>February 22, 2025</a></blockquote> <script async src=”https://platform.twitter.com/widgets.js” charset=”utf-8″></script>
މާލޭ ސަރަޙައްދުގައި ޖުމްލަ 13 މަރުކަޒަކުން މަސްދަޅު ކޭސް ދޫކުރުމަށް ހަމަޖެހިފައިވާއިރު، މިފްކޯ ކޮމްޕްލެކްސް އަދި އެމްޓީސީސީ ސޯމިލުން ރެޔަކު 200 ޓޯކަން ދޫކުރާނެއެވެ. އަދި އެހެނިހެން މަރުކަޒުތަކުން ރެޔަކު 50 އިން 100 އަށް ޓޯކަން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
މަސްދަޅު ކޭސް ނެގުމަށް އަންނައިރު އައިޑީ ކާޑާއި އެއްމަހުގެ ކަރަންޓު ބިލް ގެންނަން ޖެހޭނެ ކަމަށް ވުޒާރާއިން ބުނެފައިވެއެވެ. އަދި އެއް ފަރާތަކަށް އެންމެ ގިނަވެގެން ދޫކުރާނީ 3 މީޓަރަށް 3 މަސްދަޅު ކޭސް ކަމަށްވެސް ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.
ސަރުކާރުން މި އަހަރުގެ ރަމަޟާން މަހަށް ރާއްޖޭގެ ހުރިހާ ގޭބިސީއަކަށް މަސްދަޅު ކޭސް ދޫކުރުމަށް ނިންމާފައިވާއިރު، މި މަސައްކަތް ފުރިހަމަކުރެވެންދެން ކުރިއަށް ގެންދާނެ ކަމަށް ވުޒާރާއިން މަޢުލޫމާތު ދީފައިވެއެވެ.



