- Advertisement -ad image

ރިސޯޓެއްގެ އިމާރާތަކުން ވެއްޓި ޒުވާނަކު މަރުވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް

ރ. އަތޮޅުގައި އޮންނަ އިންޓަކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު ރިސޯޓުގައި މަސައްކަތްކުރަމުން އައި ދިވެހި ޒުވާނަކު އިމާރަތަކުން ވެއްޓި މަރުވެއްޖެ އެވެ.

މަރުވެފައިވަނީ ފުވައްމުލަކު ދަޑިމަގު، ފަރިވާ، ޒައިދު އިބްރާހިމް (28 އ) އެވެ. ޒައިދު މަރުވީ ރިސޯޓުގައި މުވައްޒަފުން ތިބޭ އިމާރާތުގެ ސިޑިން ތިރިއަށް ފައިބަނިކޮށް ކައްސާލުމާ ގުޅިގެން މޫނަށް ލިބުނު ބޮޑެތި އަނިޔާތަކަށްފަހު އެވެ.

ޒައިދު ވެއްޓި ބޮލަށް ވަރަށް ބޮޑަށް އަނިޔާވި ކަމަށާއި އުނގޫފާރުގައި ހުންނަ ރ. އަތޮޅު ރީޖަނަލް ހޮސްޕިޓަލަށް އޭނާ ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް އެނގިފައިވެ އެވެ.

މިއަދު ހެނދުނު 6:00 ޖެހިއިރު ފުލުހުންގެ ބެލުމުގެ ދަށުން ޒައިދުގެ ހަށިގަނޑު ވަނީ މާލެ ގެނެސްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ