އިސްލާމިކް މިނިސްޓްރީން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ “ނޫރުލް އަޛާން” ބަންގި މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތާއި ފުރަތަމަ ބުރު މިރޭ ބޭއްވުމަށް ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ހާމަކުރިޮގޮތުގައި މި މުބާރާތުގައި 10 ބައިވެރިން ވާދަކުރާނެއެވެ. އެ ދިހަ ބައިވެރިންގެ ތެރެއިން ފައިނަލް ބުރަށް ދަތުރުކުރާނީ ފުރަތަމަ ބުރުން އެންމެ މަތިން މާކްސް ހޯދާ 6 ބައިވެރިން ކަމަށާއި، ފައިނަލް ބުރުގައި ވާދަކުރާ ބައިވެރިންގެ ތެރެއިން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވުމަށް ވަނީ ހަމަޖެހިފައިވާކަމަށް އެ މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
މި މުބާރާތުގެ ފުރަތަމަ ބުރަށް ބައިވެރިން ހޮވާފައިވަނީ އެކަމަށް މިނިސްޓްރީން ބޭއްވި ހާއްސަ އޮޑިޝަންއަކުންނެވެ. މި އޮޑިޝަންގައި 20 ބައިވެރިން ވަނީ ވާދަކޮށްފައެވެ.
މިނިސްޓްރީން ހާމަކުރިގޮތުގައި މި މުބާރާތުގެ މައިގަނޑު މަޤުޞަދަކީ ރީތި ރާގުތަކަށް ޞައްޙަ މަގުން ހުނަރުވެރިކަމާއެކު ބަންގިދޭ ޒުވާނުންތަކެއް އުފެއްދުމާއި، ޒުވާނުންނާއި ކުޑަބޮޑު އެންމެންގެ ހިތްތަކުގައި އެކަމަށް ޝައުޤުވެރިކަން އުފެއްދުމެވެ. މީގެއިތުރުން ޤައުމުގެ އިސްލާމީ ޝަޚްޞިއްޔަތު ވަރުގަދަކުރުމާއި، ރީތިކޮށް ބަންގިދޭ ޒުވާނުންގެ ޕޫލެއް އެކުލަވާލުމާއި، މި ފަންނުގެ ރޫޙު އާލާކޮށް ދިރުވުމަށްވެސް މަސައްކަތްކުރެވޭނެކަމަށް މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީން އިތުރަށް ބުނިގޮތުގައި މި މުބާރާތުގައި ވަނަތަކަށް އަންނަ ބައިވެރިންނަށް އިނާމު ދިނުމަށް ހަމަޖެހިފައިވާއިރު، 1446 ވަނަ އަހަރުގެ ރަމަޟާން މަހު މާލޭގެ ބޮޑެތި މިސްކިތްތަކުގައި ހުކުރު ނަމާދުގެ ބަންގި ގޮވުމުގެ ފުރުޞަތު ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ. Open with Editorއައު ޗެޓެއް



