- Advertisement -ad image

މިރޭ ހިނގި ލޯންޗް އެކްސިޑެންޓެއްގައި ދެމީހަކު ނިޔާވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް

ގއ ވިލިގިނލި ނެރު ބައްތިއަށް އަރާ ހިނގި ނުރައްކާތެރި ލޯންޗް އެކްސިޑެންޓެއްގައި ދެމީހަކު ނިޔާވެއްޖެއެވެ. ފުލުހުން ބުނީ މި ހާދިސާ ހިނގިވަގުތު ލޯންޗްގައި ފަސް މީހުން ތިބި ކަމަށެވެ. އަދި ލޯންޗެއް ވިލިނގިލި ފަޅަށް ވަންނަން އުޅުމުގެ ތެރޭގައި ނެރުގައި ޖެހި، ލޯންޗްގައި ތިބި ދެ މީހަކު ކަނޑަށް ވެއްޓިފައިވާ ކަމުގެ މައުލޫމާތު މިރޭ ފުލުހުންނަށް ލިބުނު ކަމަށްވެސް ފުލުހުން ބުންޏެވެ.

ކަނޑަށް ވެއްޓުނު ދެމީހުން ފަހުން ފެނިފައިވާ ކަމަށާއި، ދެ މީހުން ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ހާމަކުރިއެވެ. އަދި އެ ލޯންޗްގައި ތިބި އަނެއް ތިން މީހުންނަށްވެސް ސީރިއަސް އަނިޔާތަކެއް ލިބިފައިވާތީ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.

އެ ހާދިސާގައި މަރުވެފައި ވަނީ ގއ. ވިލިނގިލި، ދޫރެސް، މިސްބާހު ޢަބްދުލްމުޙްސިން، 37، އާއި ނ. ލަންދޫ، އުރަހަ، މުޙައްމަދު ޝާފިއު، 27، އެވެ. މިހާދިސާގައި އަނިޔާވި ތިން މީހުންވެސް އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހޮސްޕިޓަލުން ހާމަކުރެއެވެ.

ލޯންޗް ހާދިސާ އާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ