ހުޅުމާލެ ފޭސް 2 ގެ ހިޔާ ފްލެޓެއްގެ އެޕާޓްމެންޓަކަށް ވަދެ ވަޅިން ބިރުދެއްކި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މިދިޔަ ހޯމަ ދުވަހުގެ ރޭ 11 ޖަހާކަށް ހާއިރު ހިޔާ ފްލެޓަށް ވަދެ، ވަޅިން ބިރު ދައްކައި މާރާމާރީ ހިންގި މައްސަލައެއްގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ.
މިމައްސަލައިގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ސ. މަރަދޫ ފިޔާތޮށިގެ އުމުރުން 26 އަހަރުގެ މުހަންމަދު ލުބާން ޤައްހާރުއެވެ.
މީނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރު ކޮށްފައެވެ.
މި މައްސަލާގައި އިތުރު ތަފުސީލެއް ފުލުހުން ނުދެ އެވެ.



