- Advertisement -ad image

ލޯންޗް އެކްސިޑެންޓް: އިތުރު ފަރުވާއަށް ތިން މީހުންވެސް މާލެ ގެނެސްފި

ad image

ގުޅުންހުރި ލިޔުންތައް

ގއ ވިލިގިނލި ނެރު ބައްތިއަށް އަރާ ހިނގި ނުރައްކާތެރި ލޯންޗް އެކްސިޑެންޓްގައި އަނިޔާވި ތިން މީހުން އިިތުރު ފަރުވާއަށް މާލެގެނެސްފިއެވެ. މި ހާދިސާގައި ލޯންޗްގައި ތިބި ފަސް މީހުންގެ ތެރެއިން ދެމީހުން ވަނީ ނިޔާވެފައެވެ.

ހާލު ސީރިއަސްވި ތިން މީހުންވެސް އިތުރު ފަރުވާއަށް މާލެ ގެނެސްފައިވަނީ ރޭ ދަންވަރު އެމްއެންޑީއެފްގެ ޑޯނިއާ މަތިންދާ ބޯޓުގައެވެ. ލޯންޗް އެކްސިޑެންޓްގައި ތިން މީހުންގެ މޫނަށާއި ބޮލަށް އެކިވަރުގެ ގެއްލުން ލިބިފައިވާއިރު މާލެ ގެނައި އިރުވެސް އެކަކު އޮތީ ވެންޓިލޭޓަރުގައެވެ.

މި ތިން މީހުންނަށްވެސް މިހާރު ފަރުވާ ދެމުން އަންނަނީ އައިޖީއެމް ހޮސްޕިޓަލުގައެވެ.

ލޯންޗް ކަނޑަށް ވެއްޓުނު ހާދިސާގައި ދެ މީހުން ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ހާމަކުރިއެވެ. .

އެ ހާދިސާގައި މަރުވެފައި ވަނީ ގއ. ވިލިނގިލި، ދޫރެސް، މިސްބާހު ޢަބްދުލްމުޙްސިން، 37، އާއި ނ. ލަންދޫ، އުރަހަ، މުޙައްމަދު ޝާފިއު، 27، އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ