ރާއްޖޭގެ ކުރިއެރުމަށް ހިއްސާވާ އެކިއެކި ޖަމިއްޔާތަކަށް އޮފީސް ޖާގަ ހޯއްދަވައިދެއްވުމަށް އޮފީސް ކޮމްޕްލެކްސްއެއް އިމާރާތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ. މި ވާހަކަ ރައީސް ވިދާޅުވެފައިވަނީ އިސްރަށްވެހިންގެ ޖަމިއްޔާއާއެކު ބޭއްވެވި ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވަނީ އަމިއްލަ ޖަމިއްޔާތައް ހިންގުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމަށް އެ މަނިކުފާނު ގެންގުޅުއްވާ ވިސްނުންފުޅު ހާމަކުރައްވާފައެވެ. އަދި ޖަމިއްޔާތަކަށް އޮފީސް ކޮމްޕްލެކްސްއެއް އިމާރާތްކުރުމަކީ އެ މަނިކުފާނުގެ މެނިފެސްޓޯގައި ހިމެނިފައިވާ ކަމެއްކަންވެސް ފާހަގަކުރެއްވިއެވެ.
“ސަރުކާރުގެ ކަންކަން ތަރުތީބުވެގެން އަންނަ އުސޫލުގެ ތެރެއިން ބަޖެޓުވެގެން އެ މަސައްކަތް ކުރިއަށް ގެންދާނަން،” ރައީސް މުޢިއްޒު ވިދާޅުވިއެވެ.
އިސްރަށްވެހިންގެ ޖަމިއްޔާގެ ފަރާތުން މި ބައްދަލުވުމުގައި ވަނީ އެ ޖަމިއްޔާ ހިންގުމުގައި ދިމާވާ ގޮންޖެހުންތަކާއި މެންބަރުންގެ ކަންބޮޑުވުންތައް ރައީސް މުޢިއްޒާ ހިއްސާކުރައްވާފައެވެ. އަދި އިސްރަށްވެހިންގެ ނާދީ އަލުން ހުޅުއްވައިދެއްވިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރެއްވިއެވެ.




ޖަމްއިއްޔާ ހަދައިގެން ވާކަމެއްނެތް ބިމާ ފުލެޓް ދޭކަށް ނުޖެހޭ!