މާލެއިން އަންހެނަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ..
ގެއްލިގެން ހޯދަމުންދަނީ ޙައްވާ ޙަސަން، ހ. ބްލޫލޫން / މާލެ (31އ) އެވެ.
ޙައްވާ ޙަސަން ގެއިން ދިޔަގޮތަށް ޚަބަރެއް ނުވެ، ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވަނީ 2025 މާރިޗު 8 ވަނަ ދުވަހުއެވެ.
މިމައްސަލަ ފުލުހުންނަށް ރިޕޯޓްކުރުމާއެކު އޭނާ ހޯދުމަށްޓަކައި ފުލުހުންގެ ކަމާގުޅުންހުރި އެންމެހައި ބަހާތަކަށް މައުލޫމާތު ހިއްސާކުރެވި، ހޯދުމުގެ މަސައްކަތް ކުރަމުން ދިޔަނަމަވެސް އޭނާ ހޯދުމަށް މިހަތާނަށް ކުރެވުނު މަސައްކަތުން އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިނުވާ ކަމަށް ފުލުހުން ހާމަކުރެއެވެ.
ވީމާ، ޙައްވާ ޙަސަން އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަށް ލަސްނުކުރައްވައި މާފަންނު ޕޮލިސް އިންވެސްޓިގޭޝަންގެ ޑިއުޓީ ނަންބަރު 9660183 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން އެދެއެވެ.