Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ރޯދަ ހިފުމަކީ ކޮލެސްޓްރޯލް ކޮންޓުރޯލް ކުރުމަށްވެސް އެހީއެއް!

ad image

ގުޅުންހުރި ލިޔުންތައް

ލިޔުނީ: ޑރ. އާމިނަތު ޙުސައިން

ކޮލެސްޓްރޯލް މައްޗަށް ދިއުމަކީ އަހަރެމެން ދިވެހީންނަށް އާ ކަމަކަށް ނުވާނެއެވެ. ކޮންމެ މީހެއްގެވެސް އާއިލާގައި ނުވަތަ ދަންނަ މީހުންގެ ތެރޭގައި މި ބަލި ތަޙައްމަލު ކުރަން ޖެހޭ ކޮންމެވެސް މީހެއް ހުންނަވަރަށް، މި ބަލި ވަނީ ދިވެހިންގެ ތެރޭގައި އާންމު ވެފައެވެ. ކޮލެސްޓްރޯލް މަތިވުމަށް ދިވެހިން ކިޔާއުޅޭ އަނެއް ނަމަކީ ސަރުބީ މަތިވުމެވެ.

ސަރުބީ މަތިވުމަކީ ލޭގައި ސަރުބީ ހުންނަންޖެހޭ މިންގަނޑަށްވުރެ މަތިވުމެވެ. އެހެން ގޮތަކަށް ބުނާނަމަ ލޭގައި ދަށްކޮށް ހުންނަންޖެހޭ ސަރުބީތައް މާބޮޑަށް މަތިވުމުންނުވަތަ މަތިކޮށް ހުންނަންޖެހޭ ސަރުބީތައް ދައްވެ، ސަރުބީތައް އޭގެ ވަޒަނުން ނެއްޓި ތަފާތު އެހެން ބަލިތަކަށް ހުށަހެޅިގެންދާ ދަރަޖައަށް ސަރުބީތަކަށް ބަދަލު އައުމެވެ. ލޭގެތެރޭގައި ހުންނަ ސަރުބީގެ ވައްތަރުތަކަކީ، ލޯ ޑެންސިޓީ ލައިޕޯ ޕްރޮޓީން (އެލް.ޑީ.އެލް)، ހައި ޑެންސިޓީ ލައިޕޯ ޕްރޮޓީން (އެޗް.ޑީ.އެލް)، ވެރީ ލޯ ޑެންސިޓީ ލައިޕޯ ޕްރޮޓީން (ވީ.އެލް.ޑީ.އެލް)، ޓްރައިގްލިސެރައިޑް (ޓީ.ޖީ) އެވެ. ލޭގައި ހުންނަ ސަރުބީތައް މައިގަނޑު ގޮތެއްގައި ބަހާލެވެނީ ދެބަޔަކަށެވެ. އެއީ ރަނގަޅު ސަރުބީއާއި ގޯސް ސަރުބީއެވެ. ލޯ ޑެންސިޓީ ލައިޕޯ ޕްރޮޓީނަށް އާންމުކޮށް ކިޔައި އުޅެނީ ގޯސް ނުވަތަ “ބޭޑް” ކޮލެސްޓްރޯލެވެ. ހައި ޑެންސިޓީ ލައިޕޯ ޕްރޮޓީންނަކީ ރަނގަޅު ކޮލެސްޓްރޯލެވެ. ވެރީ ލޯ ޑެންސިޓީ ލައިޕޯ ޕްރޮޓީނާއި ޓްރައިގްލިސެރައިޑް ހުންނަންވާ މިންވަރަށް ވުރެ މަތިވެއްޖެނަމަ މިއީވެސް ގޯސް ކޮލެސްޓްރޯލެވެ.  

ކޮލެސްޓްރޯލް ނުވަތަ ސަރުބީ މަތިވުމުން ކޮބަޑި ޖަމާވާހެން ލޭ ހޮޅިތަކުގައި ސަރުބީ ޖަމާވެ ލޭ ހޮޅިތައް ހަނިވެ، ބެދި އަދި ހަރުވާ ގޮތްވެއެވެ. ނަތީޖާ އަކަށްވަނީ ތަފާތު އެކިވައްތަރުގެ ބަލިތަކަށް ހަށިގަނޑު ހުށަހެޅިގެން ދިއުމެވެ. ހާޓް އެޓޭކް އަދި ތަފާތު އެކި ހިތުގެ ބަލިތަކާއި ސްޓްރޯކް ފަދަ ބޮޑެތި ބަލިތަކަށް މީހާ ހުށަހެޅިގެން ދިއުމެވެ.ކޮލެސްޓްރޯލް މަތިވުމުގެ ސަބަބުން އިންސާނާ ދާއިމީ އެތައް ބަލިތަކެއްގެ ޝިކާރައަކަށް ވެއެވެ. އަދި އެތައް ބަޔަކު ދުނިޔެ އަޅައި ދާންޖެހޭ ސަބަބުތަކުގެ މުގުލުގައި ވަނީ މި ނުރައްކާތެރި ބައްޔެވެ.

ރޯދަ ހިފުމުގެ ސަބަބުން އަހަރެމެން ކެއުމުގެ ގަޑިތަކަށް ވަރަށް ބޮޑު ބަދަލެއް އާދެއެވެ. ކާތަކެތީގެ ބާވަތްތައް އަދި ކާތަކެތީގެ މިންވަރަށްވެސް އެހެން މަސްމަހަށްވުރެ ތަފާތު ބޮޑުބަދަލެއް އާދެއެވެ. މިކަންތަކުގެ ސަބަބުން ހަށިގަނޑުގެ މެޓަބޮލިޒަމަށް ވަރަށް ބޮޑު ބަދަލެއް އާދެއެވެ. އަދި ލޭގައި ހުންނަ އެކިއެކި މާއްދާތަކަށްވެސް ބަދަލުތަކެއް އާދެއެވެ. މި ގޮތައް ބަދަލު އަންނަ އެއް މާއްދާއަކީ ލޭގައި ހުންނަ ސަރުބީއެވެ. 

ރޯދަމަހު ރޯދައަށް ހުރުމުން ސަރުބީގެ މިންވަރަށް ބަދަލު އާދޭތޯ ހެދިފައިވާ ދިރާސާތަކުން ދައްކާ ގޮތުން ރަނގަޅު ކޮލެސްޓްރޯލް ލޭގައި ހުންނަ މިންވަރު މަތިވެއެވެ. ޚާއްސަކޮށް އަންހެނުންގެ ރަނގަޅު ކޮލެސްޓްރޯލް ފިރިހެނުންނަށް ވުރެ ނިސްބަތުން އިތުރުވެފައިވާކަމަށް ދައްކައެވެ. ގޯސް ކޮލެސްޓްރޯލް ނުވަތަ ލޯ ޑެންސިޓީ ލައިޕޯ ޕްރޮޓީން ގެ މިންވަރު ވަރަށް ބޮޑަށް ދެޖިންސުގެ މެދުގައިވެސް ދަށްވެގެން ގޮސްފައިވެއެވެ. ވެރީ ލޯ ޑެންސިޓީ ލައިޕޯ ޕްރޮޓީންގެ މިންވަރުވެސް ރޯދަހިފުމުން ދަށްވެފައިވާ ކަމަށް ދައްކައެވެ.ޓްރައިގްލިސެރައިޑް ގެ މިންވަރަށް މާބޮޑު ބަދަލެއް އައިސްފައިވާ ކަމަކަށް ބައެއްދިރާސާތަކަކުން ނުދައްކައެވެ. އެހެންނަމަވެސް އަނެއްބައި ދިރާސާތަކުން ޓްރައިގްލިސެރައިޑްގެ މިންވަރުވެސް ދަށްވެފައިވާ ކަމަށް ދައްކައެވެ. 

ޖުމަލްކޮށް ފެންނަން ހުރީ ރޯދަމަހު ރޯދަހިފުމުން އަދި ރޯދަމަހު ނޫނަސް އިންޓަމިޓެންޓް ފާސްޓިން ކުރުމުން ލޭގައި ހުންނަ ސަރުބީގެ މިންވަރަށް ހެޔޮބަދަލު އައިސްފައިވާތަނެވެ.

ރޯދަމަހުވެސް ކަސްރަތުކޮށް އުޅުނު މީހުންގެ ނަތީޖާ އެހެންމީހުންނަށް ވުރެ ވަރަށްބޮޑުތަނުން ރަނގަޅު ކަމަށް ދައްކައެވެ. އަދި ރޯދަހިފުމާއިއެކު ސަރުބީ މަތިވާން ދިމާވާ ސަބަބުތަކާ ދުރުހެލިވާނަމަ، ލޭގައި ކޮލެސްޓްރޯލް ހުންނަ މިންވަރު އިތުރަށް ރަނގަޅުވެގެންދާނެ ކަމަށްވެސް ފާހަގަ ކޮށްފައިވެއެވެ. ސަރުބީ މަތިވުން ދުރުކޮށްދޭ އާދަތަކުގެ ތެރޭގައި ތެލާއި ސަރުބީ މަދުކޮށް މިންހެޔޮ ކެއުމެއް ކެއުން، ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލުން، ގަވައިދުން ކަސްރަތުކުރުން، ކޮލެސްޓްރޯލް ބައްޔަށް ބޭސްކުރާނަމަ ގަވައިދުން ބޭސް ބޭނުންކުރުން އަދި ބަރުދަން ދުޅަހެޔޮ މިންގަނޑު ތެރޭގައި ހިފެހެއްޓުން ފަދަ ކަންކަން ހިމެނެއެވެ.  

ރޯދަ މަހާއިއެކު ހަށިގަނޑަށް މިއަންނަ ބަދަލުތަކަކީ ވަގުތީ ބަދަލަކަށް ނުވެ ދާއިމީ ބަދަލަކަށް ހެދޭނީ ރަމަޟާން މަހު ނޫނަސް ކޮލެސްޓްރޯލް މަތިވާން މެދުވެރިވާ ސަބަބުތަކާއި ދުރުހެލިވެގެންނެވެ. އަދި ޞިއްޙީ ރަނގަޅު އާދަތައް އަށަގެންނެވިގެންނެވެ. ފުރިހަމަ ޞިއްޙަތެއްގައި ހުރުމަށް ގަދަ އަޅާ މަސައްކަތް ކޮށްގެންނެވެ. ރައްކާވެ ތިބިއްޔާ ދަތުރެވެ. 

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ