އއ. ތޮއްޑޫގައި ހުންނަ ގެސްޓްހައުސްއަކަށް އައިސް އުޅުނު ރަޝިއާ ފިރިހެން ފަތުރުވެރިޔަކު އެރަށު ވަޅުމަގު ކޮޅު ބީޗުގައި ބަރަހަނާވެ އުޅެނިކޮށް ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ހާމަކުރިގޮތުގައި މި މައްސަލަ ފުލުހުންނަށް އިއްޔެ ހަވީރު 3:00 ގައެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ސީނަށް ހާޒިރުވުމުން، އެ ފަތުރުވެރިޔާ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ވެހިކަލަށް ގެއްލުން ދީފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.
މި ހާދިސާއާ ގުޅިގެން އެ ފަތުރުވެރިޔާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. އަދި މި މައްސަލައިގެ ތަޙުޤީޤު ފުލުހުން ކުރިއަށް ގެންދާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނެފައިވެއެވެ.
ރާއްޖޭގެ ރަށްރަށުގައި ފަތުރުވެރިން އާންމު ތަންތަނުގައި ބަރަހަނާވެ އުޅުމަކީ މަނާކަމެކެވެ. އަދި މިފަދަ ޢަމަލުތައް ހިންގާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅައެވެ.



