މޯލްޑިވްސް އިމިގްރޭޝަންގެ މުވައްޒަފުންތަކެއް ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދާ މައްސަލައެއްގެ ތަހުގީގު މޯލްޑިވްސް ޕޮލިސް ސަރވިސްއިން ފަށައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މިރޭ ބުނީ، މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާ މައްސަލައެއް އެއިދާރާއިން ބަލަން ފަށާފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން މިރޭ ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ގެއެއް ބަލައި ފާސްކުރުމަށްފަހު، 3 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މި މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
އޭގެ އިތުރުން ފުލުހުން ބުނެފައިވަނީ އެމައްސަލައިގެ ތަފްސީލު ފަހުން ހާމަކުރާނެ ކަމަށެވެ.
ފުލުހުން މިރޭ މިހެން ބުނެފައިވާއިރު އިއްޔެގެ ވަގުތެއްގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަގާމުން މުޙައްމަދު ޝައްމާން ވަހީދު ވަނީ ވަކިކޮށްފައެވެ