އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު ފަސީހު އައްޔަން ކުރައްވައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިރޭ 3:35 ގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުއިއްޒު، އިމިގްރޭޝަން ކޮންޓްރޯލަރުކަމުގެ މަގާމަށް ފަސީހު މިރޭ އައްޔަންކުރައްވައިފައިވާ ކަމަށެވެ. އޭނާ އެ މަގާމަށް އައްޔަންކުރައްވައިފައިވަނީ ސްޓޭޓް މިނިސްޓަރު ފެންވަރުގައި ކަމަށް ހީނާ ވިދާޅުވި
ރައީސް ޑރ. މުހައްމަދު މުއިއްޒު، އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމަށް ފަސީހު އައްޔަން ކުރެއްވީ، ނޮވެމްބަރު 19، 2023 އިން ފެށިގެން އެ މަގާމު ފުރުއްވަމުން ގެންދެވި މުހައްމަދު ޝަމްއާން ވަހީދު ކުއްލި ގޮތަކަށް އިއްޔެ ވަކިކުރެއްވުމަށް ފަހު އެވެ.
ޝަމްއާން މަގާމުން ވަކިކުރެއްވި ސަބަބެއް ސަރުކާރުން އަދި ހާމަނުކުރި ނަމަވެސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު ފައިދާ ހޯދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ފުލުހުން ބަލަން ފަށާފައިވާކަމަށް މިރޭ ވަނީ ބުނެފަ އެވެ.



