މި ރަމަޟާން މަހުގެ ފަހުދިހައިގައި ދިފާއީ ވުޒާރާއިން ދޭ ހިދުމަތްތައް މެދުނުކެނޑި ލިބޭނެކަމަށް އެ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން ކުރި އިއުލާނެއްގައި ބުނީ މާޗް 20 އިން މާޗް 30 އަށް ކޮންމެ ދުވަހަކުވެސް ދެ ގަޑިއިރަށް އެ ވުޒާރާގެ ހިދުމަތް ލިބޭނެކަމަށެވެ. އެގޮތުން ފަހުދިހައިގައި އެ ވުޒާރާގެ އޮފީސް ހުޅުވުމަށް ހަމަޖެހިފައިވަނީ ހެނދުނު 10:00 އިން މެންދުރު 12:00 އަށެވެ.
ފަހުދިހައިގައި ދިފާއީ ވުުޒާރާގެ ހިދުމަތްތައް ދިނުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށެވެ. އެހެންކަމުން އެ ވުޒާރާގެ އިިއުލާންގައި ވަނީ ހިދުމަތްތަކަށް އެދޭނެ ލިންކް އަދި އަދި އީމެއިލާއި ފޯނު ނަމްބަރު ހިއްސާކޮށްފައެވެ.
މި ރަމަޟާން މަހުގެ ފަހު ދިހައެއް ބަންދުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ. މީގެއިތުރުން އީދުގެ ތިން ދުވަސްވެސް ބަންދުކުރުމަށް ރައީސް ވަނީ ނިންމަވާފައެވެ.



