މީޑިއާތަކުން މަޢުލޫމާތު ގެނެސްދިނުމުގައި އިންސާނީ ހައްޤުތަކާއި ކަރާމާތަށް އުނިކަން ނާންނާނެހެން މަސައްކަތްކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ގޮވާލައިފިއެވެ.
އެޗްއާރްސީއެމްއިން މިފަދައިން ގޮވާލާފައިވަނީ މި މަހުގެ 22 ވަނަ ދުވަހުގެ ރޭ ޓެލެވިޜަން ޗެނަލެއްގައި ދެއްކި ޕްރޮގްރާމެއްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ މެދު ފުރައްސާރަކޮށް، އެފަރާތްތަކަކީ ދަށްދަރަޖައިގެ ބައެއްގެ ގޮތުގައި ސިފަކޮށް ވާހަކަދައްކާފައިވާތީއެވެ. މިކަން ކުށްވެރިކުރައްވައި އެޗްއާރްސީއެމްއިން ވަނީ އިޖުތިމާޢީ ވިއުގަތަކުގައި ބަޔާނެއް ޝާއިޢުކޮށްފައެވެ.
އެޗްއާރްސީއެމްގެ ބަޔާނުގައި ބުނެފައިވަނީ “ކޮންމެ ރައްޔިތަކަށްވެސް އިއްޒަތްތެރިކަމާއި ކަރާމާތްތެރިކަމާއެކު ދިރިއުޅުމުގެ ހައްޤު ލިބިގެންވާއިރު” މިފަދަ ޢަމަލުތަކަކީ ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށެވެ.
މީޑިއާތަކުން ކޮންޓެންޓް އުފައްދައި ފޮނުވުމުގައި އެއްވެސް ފަރުދެއްގެ އަސާސީ ހައްޤުތަކަށް އުނިކަމެއް ނާންނާނެ ގޮތަށް މަސައްކަތްކުރުމަށް އެޗްއާރްސީއެމްއިން ވަނީ އާންމުކޮށް ގޮވާލައްވާފައެވެ. އަދި މިފަދަ މައްސަލަތައް ތަހުގީގުކޮށް ބެލުމަށް ކަމާބެހޭ މުއައްސަސާތަކަށް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.




އެހުއާރުސީއެމުން ގޮވާލަން ފެނުނީމިއަދުއެކަނިތަ މިދިޔަ17އަހަރުތެރޭ ތިބީގޮވާލަންވިއަނގަ ޓޭޕްއަޅާފަތަ