މުދާ އުފުލާ ބޯޓުގައި ހިނގި އަލިފާނުގެ ހާދިސާގައި އެކަކު ގެއްލިގެން ހޯދަމުން އަންނަކަމަށް އެމްއެންޑީއެފުން ހާމަކޮށްފިއެވެ.
ހޮޅުދޫ ބޯޓު ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓުގައި އަލިފާން ރޯވެ އެއްކޮށް ވަނީ އަނދާ ހުލިވެފައެވެ. އެމްއެންޑީއެފުން ބުނީ އެ ބޯޓުން ދަތުރު ކުރަމުން ދިޔައީ ކެޕްޓަނާއެކު 18 މީހުންކަމަށެވެ. އޭގެތެެރެއިން އެކަު ފިޔަވައި އެންމެން ސަލާމަތްކޮށްފައިވާކަމށް އެމްއެންޑީއެފުން ވިދާޅުވިއެވެ. އަދި މިހާތަނަށް ނުފެނިވަނީ ލ.މާވަށަށް ނިސްބަތްވާ 25 އަހަރުގެ ޢަލީ މުޝްފިގް މުހައްމަދުކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
އެމްއެންޑީއެފާއި ފުލުހުން އަންނަނީ އަލިފާން ރޯވި ބޯޓު ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
ހޮޅުދޫ ބޯޓުގައި އަލިފާން ރޯވަން ދިމާވި ސަބަބު އަދި ސާފެއް ނުވެއެވެ.



