ހުޅުމާލޭގެ އާންމު ސަރަޙައްދުތަކުގައި ޕިކްނިކް ބޭއްވުމަށް ވަކި ހުއްދައެއް ނަގަން ނުޖެހޭނެ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފިއެވެ.
އާންމު ސަރަޙައްދުތައް ބޭނުންކުރުމާއި ކުއްޔަށް ދޫކުރުމާ ގުޅޭ ގޮތުން އެޗްޑީސީން އެކުލަވާލާފައިވާ ގައިޑްލައިންގައި، އާންމުންނަށް ޕިކްނިކް ބޭއްވުމުގެ ހުއްދަ ދީފައިވާ ކަމަށް އެ ކުންފުނީގެ މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސްގެ ޑިޕާޓްމަންޓް ހެޑް، ހަސަން ޝަހީދު ވިދާޅުވިއެވެ.
އެހެންނަމަވެސް ޕިކްނިކަށް މޭޒު ނުވަތަ ގޮނޑި ބޭނުންކުރަން ބޭނުންވާނަމަ، އަދި ފޮޓޯ ނެގުމަށް ބެކްޑްރޮޕެއް ބަހައްޓަން ބޭނުންވާނަމަ، އެޗްޑީސީގެ ހުއްދަ ކޮންމެހެން ހޯދަންޖެހޭނެ ކަމަށް އެ ކުންފުނިން އިތުރަށް ހާމަކޮށްފައިވެއެވެ. މި އުސޫލަކީ ހުޅުމާލޭގެ ހުރިހާ އާންމު ސަރަޙައްދުތަކަށާއި، ޕާކުތަކަށާއި އަދި ގޮނޑުދޮށްތަކަށް ހިނގާނެ އުސޫލެކެވެ.
ހުޅުމާލެ ސާފުތާހިރުކޮށް ބެލެހެއްޓުމަށް އެޗްޑީސީގެ އިންސްޕެކްޓަރުން މަސައްކަތް ކުރަމުންދާ ކަމަށާއި، އެގޮތުން ބައެއް ކަންކަން އޮޅުންފިލުވުމަށް އާންމުންނާ މުޢާމަލާތް ކުރަން ޖެހިދާނެ ކަމަށް ޝަހީދު ވިދާޅުވިއެވެ. އަދި ރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމަށްޓަކައި، ބައެއް ހާލަތްތަކުގައި ޒިންމާދާރު ފަރާތެއްގެ ގުޅޭނެ ނަންބަރެއް ރެކޯޑު ކުރަން ޖެހިދާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.




ބިދޭސީންން ޕްރަިވެޓް ފަންކްޝަން، ޕާޓީ، އާއި ފޮޓޯ ސެޝަންގެ ކަންތަކާއިހެދި ތިޔައިން ތަނެއް ދިވެއްސަކަށް ބޭނުންކޮށްލެވޭކަށްނެތް. ކުޑަކުދިންނަށްވެސް ފުރުސަތުގެއްލޭ އެބަމިހެންވެ.