- Advertisement -ad image

މީގެ ފަހުން ބިސް ވިއްކަންވާނީ މުއްދަތު ހަމަވާ ތާރީހު ޖަހައިގެން: އެމްއެފްޑީއޭ

ad image

ގުޅުންހުރި ލިޔުންތައް

ބިސް ވިއްކަން ބަހައްޓާއިރު ރައްކާކުރުމަށް ކަނޑައެޅިފައިވާ ފިނިހޫނުމިން ކޮންޓްރޯލްކޮށް، މުއްދަތު ހަމަވާ ތާރީހު އެނގޭގޮތަށް ކުކުޅު ބިސް ވިއްކަން ބެހެއްޓުމަށް މޯލްޑިވްސް ފުޑް އެންޑް ޑުރަގް އޮތޯރިޓީން އަންގައިފިއެވެ.

އެ އޮތޯރިޓީން ބުނީ މާލޭގެ ފިހާރަތަކުން ވިއްކާ ބިސް ކުނިވެފައި ހުންނަ ކަމުގެ ޝަކުވާ ދަނީ ލިބެމުން ކަމަށާއި އޭގެ ސަބަބުން އާއްމު ސިއްހަތަށް ނޭދެވޭ އަސަރުކުރާ އަދި ކާބޯތަކެތީގެ ޒަރީއާއިން ޖެހޭ ބަލިތައް ފެތުރޭފަދަ ނުރައްކާތެރި ހާލަތެއް މެދުވެރިވުމުގެ ފުރުސަތު އޮތް ކަމަށެވެ.

ފިނިކޮށްފައި ހުންނަ ބިސް ރައްކާތެރިކަމާއެކު ބެހެއްޓޭނީ ގިނަވެގެން 3 މަހުގެ މުއްދަތަށް ކަމަށާއި އަދި ފިނި ނުކޮށް ބެހެއްޓޭނީ 28 ދުވަހުގެ މުއްދަތަށް ކަމަށްވެސް ފުޑް އެންޑް ޑުރަގު އޮތޯރިޓީން ހާމަކުރެއެވެ. މުއްދަތު ހަމަވާ ތާރީހު ހަމަވުމުން ބިސް ކުނިވުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އަދި މުއްދަތު ހަމަނުވި ކަމުގައިވިއަސް ހުންނަން ޖެހޭ ފިނި ހޫނު މިނަށް ނުބަހައްޓައިނަމަ ބިސްކުނިވުމުގެ ފުރުސަތު އޮންނަ ކަމަށްވެސް އެ އޮތީރިޓީގެ ބަޔާނުގައި ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ