ދުޅަހެޔޮ ކާނާގެ މުހިންމުކަމާ ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަނެއް އިސްރަށްވެހިންނަށް އަމާޒުކޮށްގެން ބާއްވައިފިއެވެ. މި ސެޝަން އިންތިޒާމުކޮށް ކުރިއަށް ގެންގޮސްފައިވަނީ އިސްރަށްވެހިންގެ ނާދީއާއި ސޮސައިޓީ ފޮރ ހެލްތް އެޑިއުކޭޝަން ގުޅިގެންނެވެ.
ދުޅަހެޔޮ ކާނާގެ މުހިންމުކަމާ ގުޅޭ މި ސެޝަންގައި 48 އިސްރަށްވެހިން ބައިވެރިވެފައިވާކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ. އެ ވުޒާރާއިން އިތުރަށް ހާމަކުރިގޮތުގައި ސެޝަންގައި ބައިވެރިވި ފަރާތްތަކުން މިފަދަ އިތުރު ސެޝަންތައް އިންތިޒާމުކޮށް ކުރިއަށް ގެންދިއުމަށް އެދިފައިވެއެވެ.
އިސްރަށްވެހިންގެ ނާދީން ދަނީ މިފަދަ މުހިންމު މަޢުލޫމާތު ހިއްސާކުރުމުގެ ސެޝަންތައް ސިލްސިލާކޮށް ކުރިއަށް ގެންދަމުންނެވެ.