ލ. މާންދޫގެ ބެންޑު ސަރަހައްދުން ސައިކަލެއް ކޮންޓްރޯލް ނުވެ ދިޔުމުގެ ސަބަބުން ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 30 އަހަރުގެ ޒުވާނަކު މަރުވެއްޖެއެވެ.
ފުލުހުން މައުލޫމާތުދިން ގޮތުގައި، މި އެކްސިޑެންޓް ހިނގާފައިވަނީ މިރޭ ދަންވަރު 1:40 ހިސާބުގައެވެ. އެކްސިޑެންޓްގައި އަނިޔާވި ލ. މާބައިދޫ، ސޫރަޖް ވިލާ، އިބްރާހިމް ނައުޒަމް (30 އ.) އަށް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދިން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
އަދި އެކްސިޑެންޓްގައި އަނިޔާވި ނައުޒަމް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު 8:45 ގައި ވަނީ ނިޔާވެފައެވެ.
މި މައްސަލައިގައި އިތުރު ތަފްސީލް ހޯދުމަށް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.



