އައްޑޫ ސިޓީ ފޭދޫ ލިންކް ރޯޑުގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނެއް މަރުވެއްޖެއެވެ. މި އެކްސިޑެންޓަކީ ކާރަކާއި ސައިކަލެއް ޖެހިގެން ހިނގި އެކްސިޑެންޓެކެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހަވީރު 7:30 ހާއިރުގައެވެ. އެކްސިޑެންޓްގައި ސައިކަލު ދުއްވަމުން ދިޔަ ފަރާތަށް ލިބުނު ބޮޑެތި އަނިޔާތަކާ ގުޅިގެން ވަނީ ފޭދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައެވެ. އެހެންނަމަވެސް، މަރުކަޒަށް ގެންދިއުމުގެ ކުރިން އޭނާ ވަނީ މަރުވެފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
ފުލުހުންގެ ފަރާތުން ދެއްވި މައުލޫމާތުގައިވާ ގޮތުން، މި ހާދިސާގައި މަރުވި ފަރާތަކީ ފޭދޫ / އުލްފަތު ގޭގެ އިބްރާހީމް ސިޔާދު (36 އަހަރު) އެވެ. އަދި ކާރު ދުއްވަމުން ދިޔަ ގދ. ފިޔޯރީ / މާގޯލްޑް ގޭގެ މުހައްމަދު މާހިލް މުމްތާޒު (23 އަހަރު) މިހާރު ވަނީ ފުލުހުންގެ ހައްޔަރުގައެވެ.
މި ނުރައްކާތެރި އެކްސިޑެންޓްގެ މައްސަލަ ބަލައި، ތަހުގީގު ކުރުމުގެ މަސައްކަތް ފުލުހުންގެ ފަރާތުން ދަނީ ކުރިއަށެވެ.



