- Advertisement -ad image

ހުނޭސާގެ މައްޗަށް މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

ބައެއް ސީރީޒް އަދި ފިލްމްތަކުން ފެނިފައިވާ ހުނޭސާ އާދަމް ގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުުރުމުގެ ދައުވާކޮށްފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ މއ. އުދުހޭކޮކާ ޙުނައިން ބިން ޢަލީއާއި، ލ.މާވަށް، ރެޑިއަމްގެ ހުނޭސާ އާދަމް ނަސީރާއި، ގއ.ދާންދޫ، ޕެލަސްހައުސް، މުހައްމަދު އާދަމް 28 މާރިޗު 2022 ދުވަހު މަސްތުވާތަކެތި ގެންގުޅެ ބޭނުންކޮށް އެތަކަތީގެ ވިޔަފާރި ކުރާކަމަށް ތުހުމަތުކުރެވުނު މައްސަލައިގަ ދަޢުވާތައް ކުރުމަށް 18 މޭ 2022 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

މިމައްސަލާގައި ހުނޭސާގެ މައްޗަށް ވަނީ ތިން ދައުވާއެއް އުފުލާފައެވެ.
އެގޮތުން ޤާނޫނު ނަންބަރު: 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 105 ވަނަ މާއްދާގެ ދަށުން ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ.
ޤާނޫނު ނަންބަރު: 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 108 ވަނަ މާއްދާގެ ދަށުން ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ.
ޤާނޫނު ނަންބަރު: 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 111 ވަނަ މާއްދާގެ ދަށުން ޖަދުވަލު 1 ގައިވާ މައްސަތުވާއެއްޗެއް ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ ވަނީ އުފުލާފައެވެ.

މި މައްސަލައިގައި ކޮށްފައިވާ ދަޢުވާތަކުގައި ހިމެނެނީ ގައިގަނޑަކަށް 353 ގްރާމް ޑައިމޯފިންއާއި، 18 ގްރާމް މެތްއާއި، 139 ގްރާމް ކެނަބިސް ކަމަށް ޕީޖީ އޮފީހުން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ