- Advertisement -ad image

ހުޅުމާލެ ޖަލުގައި ހުކުމެއް ތަންފީޒު ކުރަމުންދިޔަ ގައިދީއަކު ނިޔާވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް

ހުޅުމާލެ ޖަލުގައި ޙުކުމް ތަންފީޛު ކުރަމުންދިޔަ އއ. ހިމަންދޫ ހެޕީ ރެސްޓް ޢަލީ މުޙައްމަދު (58 އަހަރު) މިއަދު ނިޔާވެއްޖެއެވެ.

އޭނާ ޔުނިޓް ތެރޭގައި ހުއްޓާ ނޭވާލުމުގައި އުނދަގޫތަކެއް އިޙްސާސްކުރުމުން ޖަލުގެ މެޑިކަލް ސެންޓަރުން ފަރުވާ ދިނުމަށްފަހު، ޙާލަތު ގޯސް ވާތީ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް މިއަދު 15:20 ހާއިރު ވަނީ ނިޔާވެފައި ކަމަށް ކަރެކްޝަންސްއިން ހާމަކުރެއެވެ.

ޢަލީ މުޙައްމަދަކީ ކުޑަ ކުއްޖަކާއެކު ޖިންސީ ޢަމަލު ހިންގުމުގެ ކުށުގައި 10 އަހަރު ދުވަހުގެ ޙުކުމެއް ތަންފީޛުކުރަމުން ދިޔަ މީހެއް ކަމަށްވެސް ކަރެކްޝަނުން ހާމަކުރެއެވެ.

ޢަލީ މުޙައްމަދު ހުޅުމާލެ ހޮސްޕިޓަލަށް ގެންދިއުމާ ގުޅިގެން އެ ސަރވިސްއިން ވަނީ ވަގުތުން އެކަން އޭނާގެ ޢާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައި ކަމަށްވެސް އެ އިދާރާއިން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ