ސިފައިންގެ 133 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މާދަމާ މާލޭގައި މަގުމަތީ ހިނގާލުމެއް ބޭއްވުމަށް ނިންމައިފިއެވެ.
އެމްއެންޑީއެފުން ހާމަކުރިގޮތުގައި މި ހިނގާލުން ޝަރަފުވެރިކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
މިއަދު ހަވީރު 4:15 ގައި ބަންޑާރަކޮށިން ފެށޭ މި ހިނގާލުމުގައި، ލަޝްކަރު ރައީސް އޮފީސް ކައިރިއަށް ދިއުމުން ރައީސުލްޖުމްހޫރިއްޔާ އެ ހިނގާލުން ޝަރަފުވެރިކޮށްދެއްވުމަށް ހަމަޖެހިފައިވެއެވެ. މި ހިނގާލުމުގައި ދިވެހި ސިފައިންގެ ލަޝްކަރުގެ އެކިއެކި ދާއިރާތަކާއި ޚިދުމަތްތައް ދައްކުވައިދޭނެއެވެ.
މާލޭގެ މައިގަނޑު މަގުތަކުން ކުރިއަށްދާ މި ހިނގާލުމުގައި ފަސް ސަރަހައްދެއްގައި ލަޝްކަރު މަޑުކުރާނެއެވެ. އެގޮތުން އަމީރު އަޙްމަދުމަގު، ރައީސް އޮފީސް ކުރިމަތި، ސޯސަންމަގު ދިވެހިބަހުގެ އެކެޑަމީ ކުރިމަތި، މަޖީދީމަގާއި ޗާންދަނީމަގު ހަތަރުއަނގޮޅި، މަޖީދީމަގު މިލިއަން ބުކްޝޮޕް ކުރިމަތި އަދި ބޮޑުތަކުރުފާނުމަގު ކަޅުތުއްކަލާކޮށި ހުޅަނގު އުތުރު ކަންމަތީގައި ލަޝްކަރު މަޑުކުރާނެއެވެ.
ލަޝްކަރު މަޑުކުރާ ކޮންމެ ސަރަހައްދެއްގައި އަސްކަރީ ބޭންޑުން ޚާއްސަ ރާގުތަކެއް އަޅާނެކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.
މި ހިނގާލުން ނިންމާލުމަށް ހަމަޖެހިފައިވަނީ ކަޅުތުއްކަލާކޮށްޓަށެވެ.



