މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
ރައީސް އޮފީހުން އެ ކޮމިޝަންގެ މެންބަރު ކަމަށް އައްުޔަން ކުރުމަށް ހުޅުވާލީ މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން މެންބަރެއްގެ މުއްދަތު ހަމަވާތީއެވެ.
އަދި އެ ފުރުސަތު ހުޅުވައިލީ މި މަހުގެ 29 އާ ހަމައަށް ކަމަށާއި، މިކަމަށް އެދޭ ފޯމް ރައީސް އޮފީހުގެ ވެވްސައިޓް presidency.gov.mv އިން ޑައުންލޯޑް ކުރެވޭނެ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
މެންބަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން 12:00 އަށް ރައީސް އޮފީހުންނެވެ.
ބްރޯޑްކޮމްގެ މެންބަރެއްގެ ދައުރު ހަމަވާތީ، މެންބަރު ކަމަށް މިއަދު ހުޅުވައިލި އިރު، ކުރިން އެ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދުގެ ފަޒީންގެ މައްޗަށް ކުރެވުނު ޖިންސީ ގޯނާގެ ތުހުމަތުތަކަކާ ގުޅިގެން އޭނަ ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ކުރިއަށް ގެންދަނިކޮށް މިދިޔަ މަހުގެ 17 ގައި އިސްތިއުފާ ދެއްވާފައިވެ އެވެ.
އެހެންވެ އޭގެ ބަދަލުފައި މެންބަރަކު ހޯދަން ރައީސް އޮފީހުން މި މަހުގެ 6 ގައި ހުޅުވައިލި އެވެ. އަދި އެ މުއްދަތު ހަމަވީ މި މަހުގެ 15 އަށެވެ.
މި މަޤާމަށް ކުރިމަތިލެވޭނީ 18 އަހަރުވެފައިވާ ދިވެހީންގެ ތެރެއިން އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ޚިޔާނާތުގެ ކުށެއް ކުރިކަން ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިނުވާ އަދި ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބުކުރެވޭ ނުވަތަ ޢައްޔަންކުރެވޭ މަޤާމެއްގައި ހުރި މީހަކަށް ނުވަތަ ސިވިލް ސަރވިސްގެ ނުވަތަ ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ އެހެންވެސް ވަޒީފާއެއް އަދާކުރާ މީހަކަށް ނުވަތަ ކޮމިއުނިކޭޝަނާއި ބްރޯޑްކާސްޓްކުރުމުގެ ދާއިރާގައި މާލީ މަޞްލަޙަތެއް ނެތް މީހަކަށެވެ.



