ޖިންސީ ގުނަވަން ފިޔަވައި ހަށިގަނޑުގެ ފޮޓޯ ނަގަން ކޯޓު އަމުރުގައި ލިޔަނީ ޖިންސީ ގުނަވަނުގެ ފޮޓޯ ނުނެގޭނެކަން ސާފުކޮށް ބުނެދޭން ކަމަށާއި އެގޮތަށް އަމުރު ދިން ނަމަވެސް ފޮޓޯ ނަގަނީ އެ މައްސަލައެއްގައި ބޭނުންވާ މިންވަރަށް ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިފަދައިން ވިދާޅުވީ ފުލުހުން ތަހުގީގްކުރަމުންދާ މައްސަލައަކާއި ގުޅިގެން މީހެއްގެ ފޮޓޯ ނަގަން ކޯޓު ޢަމުރުގައި ބަޔާންކޮށްފައި ވާތީ އެކަމަށް އަމާޒުވި ފާޑުކިޔުންތަކާއި ގުޅިގެން ނެރުނު ބަޔާނުގައެވެ.
ފުލުހުން ބުނެފައިވާ ގޮތުން ޖިނާއީ ތަހުގީގަކަށް ފޮޓޯ ނަގަން ބޭނުންވާ ނަމަ، ނުވަތަ މީހެއްގެ އަޑުގެ ސާމްޕަލެއް ބޭނުންވާ ނަމަ އެކަން ކުރެވޭނީ އޭނާގެ ރުހުން އޮވެގެން ކަމަށާއި އެ މީހެއްގެ ރުހުން ނުދޭ ކަމަށްވާ ނަމަ، އެކަން ކުރެވޭނީ ކޯޓު އަމުރެއްގެ ދަށުންނެވެ.
ފޮޓޯ އާއި އަޑުގެ ސާމްޕަލް ހިމެނެނީ ހަށިގަނޑުގެ ބޭރުން ނެގޭ ސާމްޕަލްގެ ތެރޭގައިކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި ހަށިގަނޑުގެ ތެރެއިން ނެގޭ ސާމްޕަލްގެ ތެރޭގައ،ި ޖިންސީ ގުނަވަނުގެ ފޮޓޯ ނެގުމާއ،ި ސާމްޕަލް ނެގުން ހިމެނޭތ،ީ ހަށިގަނޑުގެ ބޭރުގެ ފޮޓޯ އާއި އަޑުގެ ސާމްޕަލް ނެގުމަށް ކޯޓުން އަމުރު ނެރޭ ހާލަތުގައ،ި ޖިންސީ ގުނަވަން ފިޔަވައ،ި ހަށިގަނޑުގެ އެހެން ތަންތަނުގެ ފޮޓޯ ނެގޭނެކަމަށް އަމުރުގައި ބަޔާންކުރަނ،ީ ޖިންސީ ގުނަވަނުގެ ފޮޓޯ ނުނެގޭނެކަން ސާފުކޮށްދިނުމަށްކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެ ބަޔާނަށް ފަހު އިތުރަށް ސާފުކޮށްދިނުމުގެ ގޮތުން ފުލުހުން ފަހުން ފޮނުވި މެސެޖުގައި ބުނީ “ހަށިގަނޑުގެ ބޭރުފުށުގެ ފޮޓޯ ނެގުމަށް ގާނޫނީ ގޮތުން ކޯޓުން އަމުރު ދިން ނަމަވެސް، މިފަދަ ކޮންމެ އަމުރަކާ ގުޅިގެން، ތުހުމަތުވާ މީހާގެ އަންނައުނު ބާލުވައިގެން ފޮޓޯ ނެގުމަކީ ކުރާ ކަމެއް ނޫން” ކަމަށެވެ. އަދި ފުލުހުން ތަހުގީގުގެ ބޭނުމަށް ފޮޓޯ އާއި ސާމަޕް ނަގާނީ އެ މައްސަލައެއްގެ ތަހުގީގަށް ކޮންމެހެން ބޭނުންވާ މިންވަރަށް ކަމަށެވެ.
ފުލުހުން ވަނީ މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޗިޓަކީ ކޮބާކަންވެސް އޮޅުން ފިލުވާދީފައެވެ. އެގޮތުން މިވަގުތު މީޑިއާގައި ސާމްޕަލް ނެގުމާ ގުޅޭގޮތުން ދައުރުވަމުންދާ ޕޮލިސް ޗިޓަކ،ީ ޗިލްޑްރަންސް އޮމްބަޑްސްޕާރސަން އޮފީހުން ހުށަހަޅައިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަމުން ގެންދާ މައްސަލައަކާ ގުޅިގެން ޖިނާއީ ތަހުގީގަށް ބޭނުންވާ ފޮޓޯ އާއި އަޑުގެ ސާމްޕަލް ނެގުމަށް ފޮނުވާފައިވާ ޗިޓެއް ކަމުގައި ފުލުހުން ވަނީ ބުނެފައެވެ،



