ފުލުހުން ތަހުގީގު ކުރަމުންދާ ސްކޭމްގެ މައްސަަލައަކާ ގުޅިގެން 2 މީހަކު ހޯދަން އިއުލާނުކޮށްފިއެވެ.
ފުލުހުންގެ އިދާރާއިން ބުނީ އެ ހިދުމަތުގެ އެންޓި ސްކޭމް ސެންޓަރުން ތަހުގީގުކުރަމުންދާ ސްކޭމް މައްސަލައެއްގެ ތަހުގީގަށް ދެ މީހަކު ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށެވެ.
މި މަހުގެ 28 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް ނަދީފު، މާލޭގެ ސާޖަންޓް އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން އަށް ހާޒިރުވާން ފުލުހުން އަންގާފައިވެ އެވެ. އަދި ހަމަ އެ ދުވަހު މެންދުރު 12:00 މަހުމޫދު ހާޒިރުވާން އަންގާފައިވެ އެވެ.
ފުލުހުން ބުނީ އެ ދެމީހުން ވެސް ހާޒިރު ކުރަނީ މައްސަލައިގެ ތަހުގީގަށް ތުހުމަތުގައި ސުވާލުކުރުމަށް ކަމަށެވެ.



