ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީ (ޔޫތު އެޑްވައިޒަރީ ބޯޑު) ގެ ރައީސްކަމުގެ މަޤާމުން ދާއޫދު އަހުމަދު ޒިލާލް ވަކިކޮށްފިއެވެ. މި ނިންމުން ނިންމާފައިވަނީ އޭނާ އަމިއްލައަށް އިސްތިއުފާ ދިނުމަށް ހުށަހެޅުމާ ގުޅިގެންނެވެ.
ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ އޮފީހުގެ އަންޑާ ސެކްރެޓެރީ ފޯ ސްޓްރެޓެޖިކް ކޮމިއުނިކޭޝަން މަގާމުގައި ހުންނެވި އިޒްދިޔާން މުހައްމަދު މައުމޫން އެ މަގާމުން ވަކިކުރައްވާފައިވާ ކަމަށެވެ.
އަދި ރައީސް އޮފީހުގެ އަންޑަ ސެކްރެޓެރީ ފޯ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުގައި ހުންނެވި ދާއޫދު، މުސާރަ ނުލިބޭ ގޮތަށް މިއަދުން ފެށިގެން އެ މަގާމުން ސަސްޕެންޑް ކުރައްވާފައިވާ ކަމަށް ހީނާ ވިދާޅުވި އެވެ.
އެ ބޯޑުގެ ރައީސްކަން ކުރެއްވި ދާއޫދު ބޯޑުން ވަކިކުރަން ނިންމީ ޒުވާން އަންހެން ކުއްޖަކު އިމާރާތެއްގެ މަތިން ވެއްޓުނު މައްސަލައިގައި އޭނާގެ ކޮއްކޮ ރައުދު އަހުމަދު ޒިލާލްގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކުރެވެމުންދާ ދަނޑިވަޅެއްގައެވެ.