ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި މިލިޔަނަކަށްވުރެ ގިނަ ސިނގިރޭޓް ނައްތާލައިފިއެވެ.
ކަސްޓަމްސްއިން ބުނީ، މި ތަކެއްޗަކީ ޤާނޫނާ ޤަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް އެ އިދާރާއިން އަތުލައިގަނެފައިވާ ތަކެތިކަމަށެވެ. ނައްތާލި ތަކެތީގެ ތެރޭގައި (އެއް މިލިއަން ތިން ސަތޭކަ ފަންސާސް ނުވަހާސް އެއް ސަތޭކަ އަށްޑިހަ) ސިނގިރޭޓް ސްޓިކް ހިމެނޭކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.
މި ތަކެތި ނައްތާލައިފައިވަނީ މިމަހުގެ 24 ވަނަ ދުވަހު ކ. ދޫނިދޫގައެވެ.
މި ތަކެތި ނައްތާލައިފައިވަނީ ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައި ނުގެންގޮސް ހުންނަ ތަކެއްޗާއި، ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓޭ މަނާތަކެތި ނައްތާލުމުގައި އަމަލުކުރާ އުސޫލުގެ ދަށުންކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.
މިގޮތަށް ޤަވައިދާއި ޚިލާފައި ރާއްޖޭ އެތެރެކުރާ ސިނގިރޭޓް ފަދަ ތަކެތީގެ އިތުރުން، ބަނގުރާ އަދި މަސްތުވާތަކެތި ފަދަ ތަކެތި ކަސްޓަމްސްއިން ދަނީ ނައްތާލަމުންނެވެ.