ގދ. ތިނަދޫ ޑރ. އަބުދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ލެޕްރޮސްކޯޕިކް ސާޖަރީ ހަދައިފި އެވެ
މި ކޭމްޕަކީ ރައްޔިތުންނާ ގާތުން ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ހިންގާ އައުޓްރީޗް ޕްރޮގްރާމްގެ ދަށުން ބޭއްވޭ ކޭމްޕެކެވެ. މި ކޭމްޕް ކުރިއަށްދަނީ މި މަހުގެ 24 އިން 26 އަށެވެ. މި ކޭމްޕްގައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ އެކި ދާއިރާތަކުގެ ޚާއްޞަ އޮޕަރޭޝަން ޑޮކްޓަރުންގެ ޓީމެއް ބައިވެރިވެއެވެ.
ކޭމްޕްގައި ބައިވެރިވާ ޑޮކްޓަރުންގެ ތެރެއިން، އާންމު އަދި ލެޕްރޮސްކޯޕިކް ސަރޖަރީގެ ޚާއްޞަ ޑޮކްޓަރު، ޑރ. އަބްދުﷲ އުބައިދު ވިދާޅުވީ ރީޖަނަލް ހޮސްޕިޓަލެއްގައި މިފަދަ އޮޕަރޭޝަނެއް ކުރެވުމަކީ މުހިންމު ކުރިއެރުމެއް ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެފަދަ އިތުރު ސަރޖަރީތައް ކުރިއަށް ގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ލެޕްރޮސްކޯޕިކް ސާޖަރީ އަކީ އޮޕަރޭޝަން ކުރަންޖެހޭ ހާލަތުގައި އެންމެ ކުޑަކޮޮށް ކަފައިގެން ކެމެރާ ހަރުކޮށްގެން ބަލައިގެން ކުރާ ސާޖަރީތަކެވެ.
މި ކޭމްޕްގައި ބައިވެރިވި ޑޮކްޓަރުންގެ ޓީމުގައި ހިމެނެނީ:
- ގޮހޮރުގެ އަދި ބެރިއަޓްރިކް ސާޖަރީގެ ހާއްސަ ޑރ. އާއިޝަތު އަޒުނާ
- އާއްމު އަދި ލެޕްރސްކޯޕިކް ސާޖަރީގެ ހާއްސަ ޑރ. އަބުދުﷲ އުބައިދު
- ޕްލާސްޓިކް އަދި ރިކޮންސްޓްރަކްޝަން އަދި އެޑްވާންސް ވޫންޑް ކެއާގެ ހާއްސަ ޑރ. މުހައްމަދު ވަހީދު
- އާއްމު އޮޕަރޭޝަން އަދި އެޑްވާންސް ވޫންޑް ކެއާ އަށް ހާއްސަ ޑރ. އިބްރާހީމް އާދިލް
- ކެންސަރުގެ އޮޕަރޭޝަންތަކަށް ހާއްސަ ޑރ. މުހައްމަދު ޝިފާން
- ސިކުނޑިއާއި ނާރުގެ އޮޕަރޭޝަންތަކުގެ ހާއްސަ ޑރ. އަލީ އާ
- ކުޑަކަމުދާ ނިޒާމުގެ އޮޕަރޭޝަންތަކުގެ ހާއްސަ ޑރ. އަބުދުﷲ އަދްޡަރު
- ހޭނެއްތުމާއި ނުފިލާ ހުންނަ ތަދުތަކުގެ ހާއްސަ ޑރ. އަސްއަދު މުހައްމަދު ޝަހީދު
މި ކޭމްޕަކީ ރީޖަނަލް ހޮސްޕިޓަލްތަކުގެ ޚިދުމަތް ފުޅާކޮށް، ރަށްރަށުގެ ރައްޔިތުންނަށް ފަސޭހައިން ޞިއްޙީ ޚިދުމަތް ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ބައެއްކަމަށް ޞިއްޙަތު މިނިސްޓްރީން މަޢުލޫމާތު ދެއެވެ.



