ލާމަރުކަޒީ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް މާލޭގެ ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ދޭނެ ދެވަނަ ފަރާތެއް އޮތުމަކީ މުހިންމު ކަމެއް ކަމުގައި މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މޭޔަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ. މޮނޮޕޮލައިޒް ކުރެވޭ ގޮތަށް އަސާސީ ހިދުމަތް ދިނުން އޮތުމަކީ ރައްޔިތުންނަށް ހައްގު މިންވަރު ނޫން ކަމަށެވެ. އަދި އެއީ އިންސާފެއް ނޫން ކަމަށްވެސް ކުރީގެ ހައުސިން މިނިސްޓަރ މުއިއްޒު ވިދާޅުވިއެވެ.
މޭޔަރު މިގޮތަށް ޓުވީޓު ކުރައްވާފައިވަނީ ރޭ ފަތިހުން ފެށިގެން މިއަދު ހެނދުނު ނުވައެއް ޖަހަންދެން މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑުނު މައްސަލައާއި ގުޅިގެން ކަމަށް ބެލެވެއެވެ.
ސްޓެލްކޯއިން ބުނެފައިވަނީ ކަރަންޓް ކެނޑުނީ ސްވިޗް ގިއަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ.